ސުލައިމާނުގެފާނު ހިންޏަށް ރައްކާތެރިކަން ދެއްވެވި - އަހަރަމެން އަނބިދަރިންނަށް އަނިޔާވެރިވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ސުލައިމާނުގެފާނު ހިންޏަށް ރައްކާތެރިކަން ދެއްވެވި - އަހަރަމެން އަނބިދަރިންނަށް އަނިޔާވެރިވަނީ ކީއްވެ؟

އިސްލާމީ ތާރީޚަށް ބަލާށެވެ! ސުލައިމާންގެފާނު ހިނިތަކަށްވެސް ރައްކައުތެރިކަން ފޯރުކޮށްދެއްވެވިއެވެ. އެވަރުގެ ކުޑަކުޑަ ދިރޭ އެއްޗަކަށްވެސް އަނިޔާވިއަ ނުދެއްވެވުމަށްޓަކައެވެ. މިއަދުވެސް ދުނިޔޭގައި މިތިބީ ހަމަ ﷲ ތަޢާލާއަށް އީމާންވެގެން ތިބި މުސްލިމުންނެވެ. ނަމަވެސް މިއަދު އެގެންދަނީ އެކަމަކަށް ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާ ކަންކަމުގެ ތެރޭގައި ހިމެނޭ އިންސާނުން މެރުމުމުގެ އަމަލުތައް ހިންގަމުންނެވެ. ޤަތުލްޢާންމު ހިންގަމުންނެވެ.  

ބިރުވެރިކަމުން ފުރިގެންވާ ދުވަހު ބިރުން ތުރުތުރު އަޅާ ހުންނަން ޖެހޭނެ ހާލަތުން ސަލާމަތް ވެވޭނީ އަނިޔާކުރުމުން ދުރުހެލިވެގެންނެވެ. ބަލަންވީ މީހާގެ ޤައުމަށާއި ނަސަބަށާއި ގައިގެކުލައަކަށް ނޫނެވެ. އަދި އެމީހެއްގެ ދީނަކަށްވެސް ނޫނެވެ. ބަލަންވީ އެއީ ވެސް ތިމާ ފަދައިން ދިރި ދުނިޔޭގައި ހުންނަން ބޭނުންވާނެ އިންސާނެއް ކަމެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ވަރަށް އާދައިގެ ކަންކަމުގައި ޚިޔާލު ތަފާތުވެ ޢާއިލާގެ އެކަކު އަނެކަކު މަރައިލާ ހިސާބަށް ކަންކަން އެބަގެންދެއެވެ. އަނބިދަރިން އެބަ މަރައެވެ. މިފަދަ އަމަލުތައް ކުރާއިރު ހަމަ އެކަކުވެސް ސުލައިމާނުގެފާނުގެ ކިބައިން ދަސްކުރަން ޖެހޭ ފިލާވަޅާއިމެދު ކުޑަކޮށް ނަމަވެސް ވިސްނައިލާ ބާވައެވެ! ވިސްނައިލާ ނަމަ އެއްވެސް މީހަކު އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ. 

ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންގެ ސިޔަރަތަކީ ހަމައެކަނި ކިޔައިލާ ވާހަކަތަކަކަށް ނުހަދާށެވެ! އެވާހަކަތަކުން ލިބިގަންނަން ޖެހޭ ޢިބްރަތް ލިބިގަންނާށެވެ. މިފަދަ ވާހަކަތައް ބަޔާންވެގެންވަނީ އެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކޮށް ފިލާވަޅުތައް ލިބިގަތުމަށެވެ. އަމަލުކޮށް ނަރަކައިން ސަލާމަތްވުމަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން