ރޯދަ ހިފުމުގެ ނަޞީބު މިންވަރު ކުރެއްވެވި ކަމަށްޓަކާ ﷲ އަށް ޝުކުރުވެރިވެ ﷲ ގެ ޙައްޤުތައް އަދާކުރުމަށް އިމާމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ރޯދަ ހިފުމުގެ ނަޞީބު މިންވަރު ކުރެއްވެވި ކަމަށްޓަކާ ﷲ އަށް ޝުކުރުވެރިވެ ﷲ ގެ ޙައްޤުތައް އަދާކުރުމަށް އިމާމް ގޮވާލައްވައިފި

ނިމިގެންދިއަ ބަރަކާތްތެރި ރަމަމާން މަހު ރޯދަ ހިފުމުގެ ނަޞީބު މިންވަރު ކުރެއްވެވި ކަމަށްޓަކައި  ﷲ ތަޢާލާއަށް ޝުކުރުވެރިވެ ﷲ ތަޢާލާގެ ޙައްޤުތައް އަދާކުރުމަށް އިމާމް ގޮވާލައްވައިފި އެވެ. 

މިއަދުގެ ޢީދުދު ނަމާދުގެ ޚުޠުބާގައި މިމޭރުމުން އިމާމް ގޮވާލައްވާފައިވާއިރު ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތަކަށް ޢީދުގައި ސަމާލުކަން ދެނީ މަދު މީހެކެވެ. ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ރޯދަ ހިފައި އަދި ފިޠުރު ޒަކާތް ދެއްކުމުން ހުރިހައި ކަމެއް ނިމުނީ ކަމަށެވެ. 

ނަމަވެސް އެހިސާބަކުން އަދި އެކަމެއް ނުނިމެއެވެ. ތަނަވަސްކަން ހުރި މިންވަރަކުން ފަޤީރުންނަށް އެހީތެރިވާންޖެހޭނެކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވައިފައެވެ. 

އިމާމް ވިދާޅުވީ ޢީދުގެ އުފަލަކީ ހަމައެކަނި ތަނަވސްކަމުގެ އަހުލުވެރިންނަށް އޮތް އުފަލެއް ނޫން ކަމަށެވެ. ތަނަވަސްކަން ލިބިފައި ނުވާ މީހުންނަށް ޢީދުގެ އުފާ ހޯދައި ދިނުމަކީ ތަނަވަސްކަން ދެއްވަވާފައިވާ މީހުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. 

ﷲ ތަޢާލާގެ ޙައްޤުތަކާއިމެދު  ވިސްނާއިރު ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ޢީދު އަންނަނީ ކުޅިވަރުކުޅެ އުފާކުރަން ކަމަށެވެ. އެހެންކަމުން އެންމެ ކުޑަމިނުން ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާ މީހުންނަށްވުރެ ގިނައީ ކުޅިވަރުތަކުގައި މަސްއޫލުވެގެން އުޅޭ މީހުންކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން