އދ. ދިގުރަށަށް ރެއިން ފެށިގެން ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި ބައެއް ގޭގެއަށް ފެން ވަދެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މީގެ އިތުރުން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށާއި ފަޅުގައި އޮތް ކުޑަ ޑިންގީއެއް އަޑިއަށް ގޮސްގައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކައުންސިލް އިދާރާ އާއި ފުލުހުން ގުޅިގެން ގެންދަނީ ފެންހިއްކަން މަސައްކަތްކުރަމުންނެވެ.