އާޚީރަތް އެދޭނަމަ ދުނިޔޭގަ މަޝްހޫރުވާން މަސައްކަތް ކުރުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އާޚީރަތް އެދޭނަމަ ދުނިޔޭގަ މަޝްހޫރުވާން މަސައްކަތް ކުރުމެއް ނެތް!

"ޢާންމުންގެ މެދުގައި މަޝްހޫރު މީހަކަށްވެ މީސްތަކުންގެ މަޤްބޫލުކަން ހޯދަން މަސައްކަތްކުރުމެއް ނެތެވެ. ތިބާ ކުރާ ހުރިހާ އަމަލުތަކެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ހެޔޮ އަމަލުތައް ކުރިވަރަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ދަރަޖަ ދާނީ އުފުލި މަތިވެރިވަމުންނެވެ! ތިބާ ފައުޅުގައާއި ސިއްރިޔާތުގައި ކުރި އަމަލުތަކާއި މުސްތަޤްބަލުގައި ތިބާ ކުރާނެ އަމަލުތައްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ." 

ކަން މިހެން އޮތް ނަމަވެސް ގިނަ ބައަކު އަބަދުވެސް ކަންބޮޑުވެގެން އުޅެނީ އެމީހާ ކުރި އަމަލުތަކަށް މީސްތަކުންގެ ތާއީދު ލިބުން ކުޑަވެގެންނެވެ. ރައްޔިތުންގެ ބޮޑު ތަރްޙީބެއް ނުލިބޭތީއެވެ. އެއީ ދުނިޔެ އެދޭތީއެވެ. ދުނިޔެ އެދޭ މީހުންނަށް ޢާޚިރަތް ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. 

ކޮންމެ ހެޔޮ އަމަލެއް ކޮށް ނިންމައިލުމަށްފަހުގައިވެސް ޔަޤީންކުރަންވީ އެ އަމަލުކުރިކަން ﷲ ތައާލާ ދެކެދެނެވޮޑިގެންވާ ކަމެވެ. ދުޢާކުރަންވީ އެ އަމަލު ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާތޯއެވެ. ހަމަ އެފަދައިން ނުބައި އަމަލެއް ކުރެވެން އުޅޭނަމަ ހިތް މައްޗަށް އަވަހަށް ގެންނަންވީ އެ އަމަލުކޮށްފިނަމަ ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާނެ ކަމެވެ. ބިރުވެތިވާންވީ އެކަމަށް ޙައްޤު ޢަޛާބު ދެއްވަވާނެ ކަމާއިމެދުގައެވެ. 

އާޚިރަތް ހޯދަން މަސައްކަތްކުރާ މީހާ އަބަދުވެސް ކަންކަން ކުރަންވާނީ ހަމަ މި ވިސްނުމުގައެވެ. ޚާއްޞަކޮށް ރަމަމާން މަހުގެ ރޯދައަށްފަހު މިފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ހަމަ އެންމެ ފާފައެއްވެސް ނުކުރުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.  ހެޔޮ އަމަލުކުރުން ވީހައި ގިނަކުރަން މަސައްކަތްކުރަންވާނެއެވެ.  

މިއަދު އޮންލައިން