"ރޯދަ މަހު ނަމަވެސް އަނބިފިރިކަމުގެ ގުޅުން ހިންގުމަށް ދެކޮޅު ހެދުމަކީ ހުއްދަކަމެއް ނޫނެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ "ރޯދަ މަހު ރޭގަނޑު އަނބިފިރިކަމުގެ ގުޅުން ހިންގުމަށް އަނބިމީހާ ނުޤަބޫލުވެ މަނާވެގަތުމަކީ ކޮންކަހަލަ ކަމެއްތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުގެ މާނަ:
"ރޯދަޔަށް ތިބޭރޭ ތިޔަބައިމީހުންގެ އަނބިންގެ ގާތަށްގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް خيانة ތެރިވަމުން ދިޔަކަން، اللَّه، ދެނެވޮޑިގެންވެއެވެ. ދެންފަހެ، ތިޔަބައިމީހުންގެ މައްޗަށް توبة ލައްވައި، ތިޔަބައިމީހުންގެ ކިބައިން عفو ކުރައްވައިފިއެވެ. ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންނާ ބީހިއުޅޭށެވެ! (އެބަހީ: جماع ވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! فجر ގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ! އަދި ތިޔަބައިމީހުން މިސްކިތްތަކުގައި اعتكاف އަށް ތިބޭއިރު އެކަނބަލުންނާ ތިޔަބައިމީހުން ބީހި ނޫޅޭށެވެ! (އެބަހީ: جماع ނުވާށެވެ!) އެއީ، اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! (އެބަހީ: އެ އިންތައް ފަހަނަޅައި ނުދާށެވެ!) އެފަދައިން اللَّه، އެކަލާނގެ آية ތައް މީސްތަކުންނަށް بيان ކޮށް ދެއްވަނީ އެއުރެން تقوى ވެރި ވުމަށްޓަކައެވެ."
ޑރ. އިޔާޟް އެފަދައިން ޖަވާބު ދެއްވާފައި އެވަނީ ކީރިތި ޤްރްއާނުގައި "ރޯދަޔަށް ތިބޭރޭ ތިޔަބައިމީހުންގެ އަނބިންގެ ގާތަށްގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ." އޮތުމުންނެވެ.