އިމާމް މީހާ ކުރިކުށަކާ ގުޅިގެން އިމާމް މީހާ އާ ވަކިން ކުރާ ރަކްޢަތުގަ ކުށު ސަޖިދަ ޖަހަން ޖެހޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
އިމާމް މީހާ ކުރިކުށަކާ ގުޅިގެން އިމާމް މީހާ އާ ވަކިން ކުރާ ރަކްޢަތުގަ ކުށު ސަޖިދަ ޖަހަން ޖެހޭނެތަ؟

"ނަމާދުގެ ޖަމާއަތުގައި ބައިވެރިވެވުނީ އިމާމް 1 ރަކްޢަތްކުރި ފަހުންނެވެ. އިމާމް މީހާއަށް އޮޅިގެން 5 ވަނަ ރަކްޢަތަށް ތެދުވެވުނެވެ. ނަމަވެސް ހަނދާންކޮށްދިނުމުން އިށީނދެ އައްތަހިއްޔާތު ކިޔައި ކުށުސަޖިދަކުރުމަށްފަހު ސަލާމް ދިނީއެވެ. ސުވާލަކީ ނަމާދުގެ 4 ރަކްޢަތް ހަމަކުރަން އިމާމް އާއި ވަކިން ކުރި ރަކްޢަތުގައިވެސް ކުށު ސަޖިދަ ޖަހަން ޖެހޭނެ ހެއްޔެވެ؟" 

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "އިމާމް މީހާ ކުށު ސަޖިދަކުރުމުން ފަހަތުން ކުށު ސަޖިދަކުރަން ޖެހޭނެ ކަމަށާއި ނަމަވެސް އިމާމް މީހާ ސަލާމް ދިނުމުން އިމާމް އާއި ވަކިން ކުރި ރަކްޢަތުގައި ކުށުސަޖިދަ ޖަހަން ނުޖެހޭނެ" ކަމަށެވެ.

މިއަދު އޮންލައިން