ގޮތެއް ނިންމަން އުނދަގޫވާ ކަންކަމުގައި އޮތީ އިސްތިޚާރާ ނަމާދުކުރުމެވެ. އިސްތިޚާރާ ނަމާދަށްފަހު ކުރާނެ ދުޢާ އާއިބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ.
މިދުޢާއަކީ ކަމަކާއިމެދު ގޮތެއް އުނދަގޫވެއްޖެނަމަ އިސްތިޚާރާ ނަމާދުކުރުމަށްފަހު ކުރަން ރަސޫލް (ޞޢވ) ހަދީޘްފުޅު ކުރެއްވެވިކަމަށް ޞަޙީޙް ބުޚާރީގައި ބަޔާންވެގްންވާ ދުޢާއެކެވެ. (ޙަދީޘް 6841) ޞަހީޙް ބުޚާރީގެ އިތުރުން ވެސް ވަރަށް ގިނަ އިމާމުން ވަނީ މިޙަދީޘް ޞައްޙަކަމަށް ބަޔާން ކުރައްވައިފައެވެ. އެއިގެ ތެރޭގައި އަލްތިރްމިޛީ، އަލްނިސާއީ، އަބޫ ދާވޫދު، އިމާމް އަޙްމަދު އަދި އިބްން މާޖާ ހިމެނިވަޑައިގަންނަވައެވެ.
