ހަ ރޯދަ ހިފުމުގަ ކޮންމެހެން އެނގުން މުހިންމު ބައެއް މަޢްލޫމާތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހަ ރޯދަ ހިފުމުގަ ކޮންމެހެން އެނގުން މުހިންމު ބައެއް މަޢްލޫމާތު!

"ޝައްވާލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ވިދިވިދިގެން 6 ދުވަހު ރޯދަ ހިފައި ހަ ރޯދަހަމަކުރުން ލާޒިމެއް ނޫނެވެ. ޝައްވާލުމަހުގެ ކޮންމެ 6 ދުވަހަކު ނަމަވެސް ރޯދަ ހިފައި ހަމަ ކުރުމުން ހަ ރޯދަ ހިފުނީއެވެ. ޙަދީޘްފުޅުގައި އޮތީ ޝައްވާލު މަހުން 6 ރޯދަ ހިފުމަށެވެ."

ޑރ. - މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

 

"ހަ ރޯދަ ހިފަން ފެށުމުގެ ކުރިން ގެއްލިފައިވާ ފަރުޟު ރޯދަތައް ޤަޟާކުރަންވާނެއެވެ. އެހެނީ 6 ރޯދަ ނުހިފައިގެން ދަރަނިވެރިއެއް ނުވާނެއެވެ. ނަމަވެސް ޤަޟާކުރަން ޖެހޭ ރޯދަ ނުހިފާ ހުއްޓައި މަރުވެއްޖެ ނަމަ އެކަން ވާނީ ދަރަންޏަކަށެވެ. ހަމަ އެއާއިއެކު ޙަދީޘްފުޅުގައި އޮތީ ރަމަޟާން މަހުގެ ރޯދަ ހިފައި ނިންމުމަށްފަހު ޝައްވާލު މަހުން 6 ރޯދަ ހިފުމަށެވެ. ރަމަޟާން މަހުގެ ރޯދަ ހިފައި ނިންމި ކަމަށްވާނީ ޤަޟާކުރަން ޖެހޭ ރޯދަ ހިފައި ނިންމުމުންނެވެ. ޤަޟާ ރޯދަ ނުހިފައި ސުންނަތް ރޯދަ ހިފަން ބުނާނަމަ ސުންނަތް ރޯދަ ހިފުމަށްފަހު ޤަޟާ ރޯދަ ރޯދަ ހިފައި ނިންމަންދެން އޭނާ މަރުނުވެ ހުންނާނެ ކަމުގެ ޔަޤީންކަން ދޭންޖެހޭނެއެވެ."

- ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  

 

"ފުރަތަމަ ހަ ރޯދަ ހިފާށެވެ. ޤަޟާ ރޯދަ ހިފައި ނިންމަން 1 އަހަރު ދުވަސް ކުރިއަށް އެބަ އޮތެވެ."

- ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް 

 

ރާއްޖޭގެ ގިނަ ބައަކު މިހާރުވެސް ޝައްވާލް މަހުން 2 ވަނަ ދުވަހު 6 ރޯދަ ހިފަން ފަށައެވެ. އަދި 6 ދުވަހު ރޯދަ ހިފައި ހަރޯދަވެރިންގެ ޢީދުވެސް ފާހަގަކުރެއެވެ.

މިއަދު އޮންލައިން