މުސްލިމުން ވެރިކަން ކުރާ ބިމެއްގައި ކާފަރުން އަޅުކަން ކުރުމަށް ބުދު ފައްޅިތައް އެޅުމުގެ ޙުކުމް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މުސްލިމުން ވެރިކަން ކުރާ ބިމެއްގައި ކާފަރުން އަޅުކަން ކުރުމަށް ބުދު ފައްޅިތައް އެޅުމުގެ ޙުކުމް: ޑރ. އިޔާޟް

މުސްލިމުން ވެރިކަން ކުރާ ބިމެއްގައި ކާފަރުން އަޅުކަން ކުރުމަށް ބުދު ފައްޅިތައް އެޅުމުގެ ޙުކުމަކީ ކޮބައިތޯ؟ ދެ ފަރާތަށް ހުރި ދަލީލު ތަކާއިއެކު ތަފްޞީލު ގޮތެއްގައި ޖަވާބު ދެއްވުން އެދެމެވެ. ބާރަކަﷲފީކުމް! 

އިސްލާމިކް ނޮލެޖް ގްރޫޕުގައި މީހަކު ކޮށްފައިވާ މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި ޖަވާބު: 

އެ ޤައުމެއްގައި ތަފާތު ދީންތަކުގެ މީހުން އުޅޭ ޤައުމުތަކުގައި ކޮންމެ ދީނެއްގެ ބައަކުވެސް އަޅުކަންކުރާނެ ތަންތަން ހެދިދާނެއެވެ. އަދި އެއް ބައަކު އަނެއް ބައަކަށް އިޙްތިރާމްކޮށް އަނެއްބައިމީހުންގެ ދީނަށް އިޙްތިރާމްކޮށް ހަދަން ޖެހޭނެއެވެ. އެބައިމީހުން އަޅުކަންކުރާ ތަކެއްޗަށް ބަދު ބަސް ބުނެ ގޯނާކޮށް ހަދައިގެން ނުވާނެއެވެ. 

ނަމަވެސް ދިވެހިރާއްޖެ ފަދަ ޒަމާނުންސުރެ 100% މުސްލިމް ޤައުމެއްގައި، އަދި އިތުރު ދީންތައް ރާއްޖެއަށް ގެނައުމަކީ ރާއްޖޭގެ އެއްބައިވަންތަކަމާއި މިނިވަންކަން ގެއްލިދާނެ ފަދަ ކަމަކަށްވާހިނދު އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ރާއްޖޭގައި ފުރުޞަތު ދެވިގެން ނުވާނެއެވެ. 

އެހެން ދީނަކަށް އުޅެން ބޭނުންވާ މީހުން ދިވެހިންގެ ތެރޭގައި ތިބި ނަމަ ދުނިޔޭގައި އެބައި މީހުންނަށް މަރުޙަބާ ކިޔައި މަހު މުސާރަ ދީގެން ގެންގުޅޭނެ ތަންތަން ބައިވަރެވެ. އެފަދަ ތަނަކަށް އެބައި މީހުން ބަދަލުވެލާފައި މިލޮބުވެތި ވަޠަން އިސްލާމްކަންމަތީގައި އަބަދުގެ އަބަދަށް ދެމިއޮތުމަށް އެއްބާރުލުން ދެއްވުން ރަނގަޅުވާނެއެވެ.

 

މިއަދު އޮންލައިން