"އަޅުގަނޑު މުސްލިމަކާ ކާފަރަކާ އެއްވަރެއް ނުކުރަމެވެ. އެހެން ނަމަވެސް އަނިޔާ ވާނީ އަނިޔާއަށެވެ. އަނިޔާވެރިއަކީ މުސްލިމެއް ނަމަވެސް އަދި ކާފަރަކު ކަމުގައިވީ ނަމަވެސް އަނިޔާ އަކީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ވަކިން ޚާއްޞަ ގޮތެއްގައި މުސްލިމަކު އެފަދަ އަނިޔާއެއް ކުރާ ހިނދު އެކަން މަނާކުރުމަކީ އަނެއް މުސްލިމްގެ މައްޗަށް އޮތް ވާޖިބެކެވެ.
ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ.
(أنصر أخاك ظالما أو مظلوما)
މާނައީ "ތިބާގެ އަކާ އަނިޔާވެރިވާ ޙާލުގައި އަދި އަނިޔާ ލިބޭ ހާލުގައިވެސް އޭނާއަށް ނަޞްރު ދޭށެވެ.
އަނިޔާ ލިބޭ ހާލަތުގައި ނަޞްރު ދޭނެ ގޮތަކީ އަނިޔާވެރިކަމުން އަޚާ ސަލާމަތްކުރަން މަސައްކަތްކުރާނީއެވެ. އަނިޔާވާ ހާލުގައި އެކަން މަނާކުރާނެ ގޮތަކީ އަނިޔާވެރިޔާގެ އަނިޔާވެރިކަން ހުއްޓުވަން މަސައްކަތްކުރުމެވެ.
އެމީހެއްގެފަރާތުން ތިމާއަށް ކިތަންމެ ބޮޑު އަނިޔާއެއް ލިބެމުންދިއަ ކަމުގައިވީ ނަމަވެސް ހައްޤު ބަސް ބުނެ، އަނިޔާވެރިކަން ހުއްޓުވަން މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެ ބޮލުގައިވެސް އެޅިފައިވާ ފަރުދީ ޒިންމާއެކެވެ. މީގެ އިތުރުން މުސްލިމަކުވެސް އަނިޔާވެރިވާކަމަށްވަނީނަމަ އެމީހަކަށް "މުޖުރިމެއް"ގެ ސިފަ ލިބިގެންދާނެއެވެ. ވީމާ އާޔަތުގެ މާނައަކީ "އިޚްލާޞްތެރި، ތެދުވެރި މުއުމިނުންނާއި މުޖުރިމުން (އެއީ މުސްލިމެއް ކަމުގައިވީނަމަވެސް އަދި ކާފަރެއް ކަމުގައިވީނަމަވެސް) ތިއަބައިމީހުން އެއްފަދަ ކުރަނީތޯއެވެ؟"
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ "ރައީސް ޔާމީނުވެސް އަނިޔާ ކުރައްވަމުން ގެންދެވީ މުސްލިމުންނަށް ކަމަށާއި އެހެން ކަމާއިއެކުވެސް އެންމެ ފަހު ނޭވާ އާއި ހަމައަށްވެސް އެމަނިކުފާނާއިއެކު މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުންނެވި ކަމަށް ވިދާޅުވެ ބޮޑުވަޒީރު މޯދީ އާއިމެދު ޠާރިޤް ދައްކަވާ ވާހަކަފުޅުތަކުގެ ޞައްޙަ ކަމާއިމެދު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ސުވާލު އުފެދޭ" ކަމަށް ވިދާޅުވުމުން ބައެއް މީހުން ކާފަރުންނާއި މުސްލިމުން ހަމަހަމަ ކުރައްވަނީ ކަމާއިމެދު ސުވާލު އުފެއްދުމުން ދެއްވި ޖަވާބެއްގައެވެ.
ޑރ. އިޔާޟް އާއި ސުވާލުކުރައްވާ ބޭފުޅުން ހާމަކުރައްވާފައިވަނީ އލަޤަލަމް ސޫރަތުގެ 35 ވަނަ އާޔަތާއި 36 ވަނަ އާޔަތެވެ.
ފަހެ، ތިމަންރަސްކަލާނގެ (ކިޔަމަންތެރި) مسلم ން (كافر ވި) ކުށްވެރިންނާ އެއްފަދަ ކުރައްވާނޭ ހެއްޔެވެ؟ (35) ތިޔަބައިމީހުންނަށް ތިޔަތިބީ ކީއްވެފައިހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟(36)
35 ވަނަ އާޔަތަށް ބަލާއިރު ވަހީކުރައްވާފައިވަނީ "ތިމަންރަސްކަލާނގެ (ކިޔަމަންތެރި) مسلم ން (كافر ވި) ކުށްވެރިންނާ އެއްފަދަ ކުރައްވާނޭ ހެއްޔެވެ؟" މިފަދައިންނެވެ. ﷲ ތައާލާއަށް ކިޔަމަންތެރިވާ ޙާލު އެއްވެސް މުސްލިމަކު އަނެއް މުސްލިމަކަށް ނުވަތަ މުސްލިމުން ތަކަކަށް އަނިޔާވެރިއެއް ނުވާނެއެވެ.