ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ވިލާ ކޮލެޖާއި އައްޑޫސިޓީ ކައުންސިލާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ތަޢާރަފުކުރެވިފައިވާ 'ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް' އަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަކީ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދަށް ނިސްބަތްކޮށް، އައްޑޫސިޓީގެ ދެ ފަރާތަކަށް ހުޅުވާލެވުނު ހިލޭ ކިޔެވުމުގެ ދެ ފުރުޞަތެވެ.

ސްކޮލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖޫން 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސްކޮލަރޝިޕަށް އެދޭ ފޯމު އައްޑޫސިޓީ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެކައުންސިލުން ވަނީ އެދިފައެވެ.

ސްކޮލަރޝިޕަށް އެދޭ ފޯމު އަދި ސްކޮލަރޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުރިއިރު އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 6888820 އާއި ގުލުމުން ލިބޭނެއެވެ.

މިއަދު އޮންލައިން