ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ، މިއަދު ރާއްޖެ ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 58ސ
ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ، މިއަދު ރާއްޖެ ވަޑައިގެންފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސާ، މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

 މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނަމާލްއަށް މަރުހަބާ ދެންނެވީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްއެވެ.

 

 ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވުމަށްފަހު ނަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު އަބަދުވެސް ވަރަށް ވަރުގަދަ ގުޅުމެއް އޮންނަކަމަށާއި އެ ގުޅުން ކުރިމަގުގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ

 ނަމާލް ރާއްޖެ އަށް މި ކުރައްވާ ދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން