ކްލެމެންސީ ބޯޑަށާއި ހިއުމަން ޓްރެފިކިން ހުއްޓުވާ ކޮމިޓީއަށް މެމްބަރުން އައްޔަން ކުރަން ފާސްކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 37ސ
ކްލެމެންސީ ބޯޑަށާއި ހިއުމަން ޓްރެފިކިން ހުއްޓުވާ ކޮމިޓީއަށް މެމްބަރުން އައްޔަން ކުރަން ފާސްކޮށްފި

ކްލެމެންސީ ބޯޑަށާއި ހިއުމަން ޓްރެފިކިން ހުއްޓުވާ ކޮމިޓީއަށް މެމްބަރުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޢާފު ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ކްލެމެންސީ ބޯޑަށް ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން އައްޔަން ކުރަން ފާސްކޮށްފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އެވެ. އަދި މީހުން ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކޮށް ހުއްޓުވާ ކޮމިޓީއަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ.

ޝިފާއު އާއި ޖީހާން އައްޔަން ކުރަން ފާސްކުރީ 81 މެމްބަރުންގެ ތާއީދާއެކުއެވެ.

މިއަދު އޮންލައިން