ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލް މަޖިލިހުން ބޭރު ކޮށްލައިފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލް މަޖިލިހުން ބޭރު ކޮށްލައިފި

ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެއްވެސް ވަރަކަށް ކުށްވެރި ނުވެ، އެމަގާމުން ވަކިވާ ބޭފުޅުންނަށް، ދައުލަތުން އިނާޔަތެއް ދޭން ނިމިދިޔަ 18 ވަނަ މަޖިލިހުގައި ފާސްކުރި ބިލް، ރައްޔިތުންގެ މަޖިލިހުން މިއަދު ބޭރުކޮށްލައިފިއެވެ. 

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހުށަހެޅުއްވި އެބިލް ފާސްކުރިއިރު، ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދައުލަތުން މަހަކު 35،000 ރުފިޔާ ގެ އިނާޔަތެއް ދޭން ނިންމިއެވެ. ނަމަވެސް އެއީ ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހޭ ބިލެއް ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ އެބިލް ތަސްދީގު ނުކުރައްވާ، އަނބުރާ އާ މަޖިލިހަށް ފޮނުއްވާފައެވެ. 

ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލް މަޖިލިހުން ބޭރުކޮށްލީ 74 މެމްބަރުންގެ އަޣުލަބިއްޔަތަކުންނެވެ. އެބިލް ފސް ކުރަން ފެންނަ ކަމަސް ދެ މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަސް ވޯޓު ނުދެއްވާ ހަތަރު މެމްބަރަކު އިންނެވިއެވެ. 

މިބިލާއިމެދު މިއަދު ދެކޮޅުހެއްދެވި ގިނަ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވިދާޅުވީ، މިއީ ވަކި ބޭފުޅަކަސް އަމާޒުކޮށް "ފަރުމާ ކޮށްފައި އޮތް" ބިލެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން