ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް މަޖިލިހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީތަކަށް ފޮނުވައިފި

ކިޔުމަށް ހޭދަވާނީ 48ސ
ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް މަޖިލިހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީތަކަށް ފޮނުވައިފި

ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމަށްޓަކައި ހުށަހަޅާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލް، ރައްޔިތުންގެ މަޖިލިހަށް ބަލައިގަނެ އެބިލް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

މިބިލަކީ ނިމިދިޔަ 18 ވަނަ މަޖިލިހަށް ވެސް ހުށަހަޅާ، ކޮމިޓީން ދިރާސާކުރުމަށްފަހު ފާސްކުރުމަށް މަސައްކަތް ކޮށް، ފށް ނުކުރެވިފައިވާ ބިލެކެވެ. އެއިރު މިބިލް ފާސް ނުކުރެވިފައިވަނީ، ފާސް ކުރަން ބޭނުންވާ ޤާނޫނީ އަދަދަށް މެމްބަރުން މަޖިލިހުގެ ތަޅުމަށް ހާޒިރުވެވަޑައިނުގަތުމުން ވޯޓަށް އެހޭ ގޮތް ނުވެގެންނެވެ. 

މިއަދުގެ މަޖިލިހަށް މިބިލް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 79 މެމްބަރުންނެވެ.

ވީނުވީއެއް ނޭނގި ގެއްލިިފައިވާ މީހުންނާއި ގޮންނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ މަރުގެ މައްސަލަ ބެލުމުގެ އިތުރުން ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ގަރާރަކުން ދެ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ދަށުންއުފެއްދެވި ދެ ކޮމިޝަނެކެވެ.

މިއަދު އޮންލައިން