ޖޭއެސްސީ ގެ މެމްބަރުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ޖޭއެސްސީ ގެ މެމްބަރުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރަން މިއަދު ނިންމައިފިއެވެ. 

އެގޮތުން މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމަށް މިހުށަހެޅުން ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އަދި އެހުށަހެޅުމަށް ތާއީދު ކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. 

މިހުށަހެޅުމާއި އެއްކޮޅަށް ކޮމިޓީގެ ހުރިހާ މެމްބަރުންވެސް ވޯޓު ދެއްވާފައިވާއިރު ޖެއެސްސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަނީ އެެކޮމިޝަންގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު އޮޅުންފިލުވުމަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ މައްސަލައާއި ގުޅިގެން ކޮމިޓީން އިތުރަށް ސާފުކުރަން ބޭނުންވާ ކަންކަން ސާފު ކުރުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

ޖޭއެސްސީ ގެ މެމްބަރުން ކޮމިޓީއަށް ހާޒިރު ކުރުމުގެ ހުށަހެޅުން ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ، އަދީބު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ ކޯޓުން ނިންނި ނިންމުމަށް ބިނާކޮށް ކަމަށާއި ކޯޓުން ކުރި ހުކުމަކީ ނުރަނގަޅު ގޮތަކަށް ކޮށްފައިވާ ހުކުމެއް ކަމަށްވާނަމަ ސަރުކާރުން އެކަމުގައި ނިންމާފައިވާ ނިންމުން ބަދަލުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. 

"އެކަން ބެލެން އަންނާނީ ޖޭއެސްސީގެ މެމްބަރުންނާއި މިކޮމިޓީން ސުވާލުކޮށްގެން، ލިބޭ މައުލޫމާތުގެ މައްޗަށް" އެމްޕީ ހަސަން ލަތީފު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން