ފްލައިމީގެ އޮފީހުން ވައްކަންކޮށް 1500 ރުފިޔާއާއި ލެޕްޓޮޕެއް ވަގަށް ނަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފްލައިމީގެ އޮފީހުން މިއަދު ހުކުރު ވަގުތު ވައްކަން ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށާއި ނަމަވެސް މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފްލައިމީ އަކީ ވިލާ ކުންފުނީގެ ދަށުން ހިންގާ އެއާލައިން އެކެވެ.