ވުޟޫޢު ކުރުމުން ލިބޭ 7 ފައިދާ: ވުޟޫޢުގެ ސަބަބުން ޤިޔާމަތް ދުވަހު އޭނާގެ މޫނާއި ދެއަތްތިލަ އަދި ދެފައިން ނޫރު ފައުޅުވާން ހުންނާނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ވުޟޫޢު ކުރުމުން ލިބޭ 7 ފައިދާ: ވުޟޫޢުގެ ސަބަބުން ޤިޔާމަތް ދުވަހު އޭނާގެ މޫނާއި ދެއަތްތިލަ އަދި ދެފައިން ނޫރު ފައުޅުވާން ހުންނާނެ!: ޑރ. އިޔާޟް

ވުޟޫޢުގެ ސަބަބުން ޤިޔާމަތް ދުވަހު އޭނާގެ މޫނާއި ދެއަތްތިލަ އަދި ދެފައިން ނޫރު ނުވަތަ އަލިކަން ފައުޅުވާން ހުންނާނެތެވެ. 

ވުޟޫޢުކުރުމުން އެމީހަކަށް ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެތެވެ.

ވުޟޫޢު ކުރުމުގެ ސަބަބުން އެމީހާގެ ފާފަ ފޮހެވި ދަރަޖަ އުފުލިގެންދާނެތެވެ.  

ވުޟޫޢުކޮށް ނިމިގެން ޝަހާދަތުގެ ދެ ކަލިމަ ކިޔައިފި މީހަކަށް ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާނެއެވެ. 

ވުޟޫޢު ކުރުމަކީ ޝައިޠާނީ ވަސްވާސްތަކުން މީހާ ދުރުކޮށްދޭ ކަމެކެވެ. 

ވުޟޫޢޫކުރުމަކީ ފިޠުރަތުގެ މަތީގައި މަރުވުމަށް މެދުވެރިވާ ކަމެކެވެ. 

ވުޟޫޢުކުރުމަކީ އެމީހާގެ އީމާންކަން އަންގައިދޭ ކަމެކެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން