އަންހެންދަރިން ހިލޭ ފިރިހެނުންނާއެކު ސައިކަލް ދުއްވައި، ބޭރުގަ އުޅެން ދޫކޮށްލުމަކީ މައިންބަފައިން ފާފަވެރިވާނެ ކަމެއް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އަންހެންދަރިން ހިލޭ ފިރިހެނުންނާއެކު ސައިކަލް ދުއްވައި، ބޭރުގަ އުޅެން ދޫކޮށްލުމަކީ މައިންބަފައިން ފާފަވެރިވާނެ ކަމެއް!: ޑރ. އިޔާޟް

"ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެކުދިން ގޯސް މަގަކުން ދާނަމަ ރަނގަޅުކުރަންވެސް ޖެހޭނެއެވެ. ވީމާ އެކަން ނުކުރާނަމަ މައިން ބަފައިން ފާފަވެރިވާނެއެވެ. އަންހެން ދަރިއަކު ކިތަންމެ ބޮޑުވި ނަމަވެސް، ކިތަންމެ މަތީ މަޤާމެއްގައި ހުރި ނަމަވެސް ކައިވެނިކުރަންދެން ބެލެހެއްޓުމަކީ މައިންބަފައިންގެ ޒިންމާއެކެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިމޭރުމުން ޑރ. އިޔާޟް ވިދާޅުވެފައިވަނީ "ތިމާގެ އަނހެން ދަރިފުޅު ހިލޭ ފިރިހެނުންނާއިއެކު ސައިކަލް ދުއްވަން ނުވަތަ އެނޫން ކަމުގައިވެސް ގެއިން ބޭރަށް ގޮސް އުޅޭއިރު އެކަން އެނގިހުރެ ނުހުއްޓުވާ މައިންބަފައިން ފާފަވެރިވާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ. 

ވީމާ މައިންބަފައިންނަށް އޮތީ ފާފަވެރިވާން ބޭނުން ނޫންނަމަ ދަރިންގެ ކަންކަން އިސްލާމްމް ދީނުގައިވާ ގޮތަށް ބެލެހެއްޓުމެވެ. ހަމަ އެއާއިއެކު މައިންބަފައިން ފާފަވެރިކުރުވަން ދަރިން ބޭނުން ނުވާނަމަ އޮތީ އިސްލާމް ދީނުގައިވާ ގޮތާއި ޚިލާފަށް އަމަލު ނުކުރުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމުގެ އިތުރުން މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންގެ ބޮލުގައި ފާފަތައް އެޅޭނެ ގޮތަށް އެއްވެސް ކަމެއް ނުކުރުމަކީ މައިންބަފައިން ދެކެ ލޯބިވާނަމަ ދަރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ!

މިއަދު އޮންލައިން