ރައީސް މުރްސިގެ ޖަނާޒާއަށް ޢާއިލާގެ މީހުން ޤަބުރުސްތާނަށް ގެންދަންވެސް ސަރުކާރުން ފުރުޞަތެއް ނުދިން: އަނބިކަނބަލުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރައީސް މުރްސިގެ ޖަނާޒާއަށް ޢާއިލާގެ މީހުން ޤަބުރުސްތާނަށް ގެންދަންވެސް ސަރުކާރުން ފުރުޞަތެއް ނުދިން: އަނބިކަނބަލުން

މިޞުރުގައި ރައްޔިތުން އިންތިޚާބުކުރި ހަމައެކަނި ރައީސް، ރައީސް މުޙައްމަދު މުރްސިގެ ޖަނާޒާއަށް ޤަބުރުސްތާނަށް ދިއުމުގެ ހުއްދަ ދިނީ ހަމައެކަނި ދަރިންނަށް ކަމަށާއި ޢާއިލާގެ މީހުން ޤަބުރުސްތާނަށް ގެންދަންވެސް ސަރުކާރުން ފުރުޞަތެއް ނުދިން ކަމަށް މުރްސިގެ އަނބިކަނބަލުން ވިދާޅުވެއްޖެއެވެ.

 

މުރްސީގެ އަނބިކަނބަލުން ވިދާޅުވެފައިވަނީ ފިރިކަލުން މުރްސިއަކީ ﷲ ގެ ޙަޟްރަތުގައި ޝަހީދެއް ކަމުގައި ވުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މުރްސީ ހިނަވައި ޖަނާޒާ ނަމާދު (ކަށުނަމާދު) ކޮށްފައިވަނީ ޖަލުގައި ކަމަށެވެ.

 

މުސްލިމުންގެ އެންމެ އެއް އިމާމް، އިމާމް ޝާފީ އާއި ގިނަ އަދަދެއްގެ ބޮޑެތި ދީނީ ޢިލްމުވެރިން އެޤަުމަކަށް ނިޞްބަތްވެވަޑައިގަންނަވާ އަދި އިސްލާމީ އެންމެ ބޮޑު މަދުރަސާ، އަޒުހަރު ޔުނިވަރސިޓީ އެޤައުމެއްގައި ހުރި މިޞްރުގައި ވެރިކަން ކުރަމުން އަންނަނީ ފިރުއައުނު ވެރިކަންކުރި ފަދައިންކަން ގިނަ ބައަކު ފާހަގަކުރެއެވެ.

 

މިއަދު އޮންލައިން