ޒައިނާ ޕީޕީއެމް ޖަލްސާގަ ގޮނޑި ޖެހީ މުސްކުޅިން ދެކެ ލޯބިވާތީ- ގުރައިދޫ މަރުކަޒަށް ޒިޔާރަތްކޮށްފައެއް ނުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޒައިނާ ޕީޕީއެމް ޖަލްސާގަ ގޮނޑި ޖެހީ މުސްކުޅިން ދެކެ ލޯބިވާތީ- ގުރައިދޫ މަރުކަޒަށް ޒިޔާރަތްކޮށްފައެއް ނުވޭ!

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ބްރޯޑްކޮމްގެ ނައިބްރައިސާ ޒައިނާ ވިދާޅުވީ ރައީސް ޔާމީން އިސް ރައްވެހިންނާ ބައްދަލުކުރެއްވަން ބޭއްވެވި ބައްދަލުކުރެއްވުމުގައި ގޮނޑި ޖެއްސެވީ އުމުރުން ދުވަސްވީ މީހުންނަށް އޮންނަ ލޯތްބެއްގެ ބޮޑު ކަމުން ކަމަށެވެ.

 

"ދުވަހަކުވެސް ގުރައިދޫ މަރުކަޒަށް ވަޑައިގެން އެތަނުގައި ތިބޭ އުމުރުން ދުވަސްވީ މީޙުންނާބައްދަލުކުރައްވައި ޙލު ބެއްލެވިންތޯ؟" ކޮމިޓީން ސުވާލުކުރުމުން ޖަވާބުގައި ޒައިނާ ވިދާޅުވީ އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

 

މިއަދުގެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ މެންބަރުން ކަމުގައިވާ ސޮފްވާން އާއި ޒައިނާ ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރަން މެންބަރަކު ހުށަހެޅިއެވެ. ނަމަވެސް އެ ހުށަހެޅުމަށް ވޯޓަށް އަހާފައެއް ނުވެއެވެ.

 

ރައީސް ޔާމީންގެ ވެރިކަމުގައި ބްރޯޑްކޮމް ހިންގާފައިވަނީ ރައީސް ޔާމީނުގެ ސަރުކާރަށް ތާއީދު ނުކުރާ މީޑިއާތަކަށް ހުރަސްއަޅައި ނައްތަލުމުގެ ވިސްނުމުގައިކަން ކޮމިޓީގެ ބައެއް މެންބަރުން ވަނީ ފާހަގަކުރައްވައިފައެވެ. އަދި ޗެނެލް 13 ކުރި އެއްވެސް ކަމަކާއި ގުޅިގެން ޖުރުމަނާ ނުކުރާއިރު އެހެން މީޑިއާތައް ބޮޑެތި އަދަދުތަކުން ޖުރުމަނާކުރިކަންވެސް މެންބަރުން ފާހަގަކުރިއެވެ. އަދި އެއްކަމެއް ކުރުމުން ޗެނެލް 13 އާއިމެދު ތަފާތުކޮށް އަމަލުކޮށް ލުއިތައް ދީފައިވާކަންވެސް ފާހަގަކުރިއެވެ.

 

ބްރޯޑްކޮމް އިން ވަނީ ރާއްޖެ ޓީވީ އާއި ވީޓީވީ އަދި ސަނގު ޓީވީ އިންތިހާއަށް ބޮޑެތި އަދަދުތަކުން ޖުރުމަނާކޮށް ފިޔަވަޅު އަޅައިފައެވެ.

މިއަދު އޮންލައިން