މާލީ ބަޔާން ހުށަ ނާޅާ މެމްބަރުންގެ މުސާރައިގެ ދެބައިކުޅަ އެއްބައި އުނިކުރަން ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
މާލީ ބަޔާން ހުށަ ނާޅާ މެމްބަރުންގެ މުސާރައިގެ ދެބައިކުޅަ އެއްބައި އުނިކުރަން ފާސްކޮށްފި

މާލީ ބަޔާން ހުށަ ނާޅާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިގެ ދެބައިކުޅަ އެއްބައި އުނިކުރަން ޖިލީހުގެ ގަވައިދު އެކުލަވާލާ ވަގުތީ ކޮމިޓީން ފާސްކޮށްފި އެވެ.

ގަވައިދު ކޮމިޓީން އެ މާއްދާއަށް ބަދަލު ގެނެސް ފާސްކޮށްފައިވަނީ މަޖިލިސް މެމްބަރުންގެ އަނބިންނާއި ފިރިން އަދި ދަރިންގެ މާލީ ބަޔާންވެސް ހުށަހަޅަން ޖެހޭ ގޮތަށެވެ. 

މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އޮގަސްޓް މަހުގެ 31 ގެ ކުރިންނެވެ. މި މުއްދަތުގައި މާލީ ބަޔާން ހުށަ ނާޅާ މެމްބަރުންނަށް 15 ދުވަހުގެ ނޯޓިސްއެއް ދިނުމަށް ގަވައިދު ކޮމިޓީން ފާސްކުރިއިރު އެ 15 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަ ނާޅައިފި ނަމަ އެއް މަސް ދުވަސް ވަންދެން މެމްބަރުގެ މުސާރައިން 50 ޕަސެންޓް އުނިކުރަން ގަވައިދު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މުސާރައިން އުނިކޮށްގެންވެސް މާލީ ބަޔާން ހުށަ ނާޅައިފި ނަމަ އެ މައްސަލައެއް ތަހުގީގު ކޮށްދިނުމަށް ކަމާ ބެހޭ އިދާރާ ތަކަަށް ފޮނުވުމަށް ވެސް ގަވައިދު ކޮމިޓީން ވަނީ ގަވައިދު އިސްލާހުކޮށްފައެވެ.

މިއަދު އޮންލައިން