އަދާކުރަންޖެހޭ ދަރަނީގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވޭ: ޑިފެންސް މިނިސްޓަރ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
އަދާކުރަންޖެހޭ ދަރަނީގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވޭ: ޑިފެންސް މިނިސްޓަރ

ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދަރަނީގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ ރަޝިއާގެ އޫފާގައި މިހާރު ކުރިއަށްދާ 10 ވަނަ އިންޓަނޭޝަނަލް މީޓިން އޮފް ހައި ރޭންކިން އޮފިޝަލްސް ރެސްޕޮންސިބަލް ފޯ ސެކިއުރިޓީ މެޓާސްގައި ތަގުރީރު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ މާރިޔާ ވާހަކަފުޅުގައި ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އާ ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން މޫސުމަށް އަންނަ ބަދަލާއި ކަނޑުފޭރުން ފަދަ ކަންކަމާއި ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ދަރަނީގެ ގޮތުގައި އުފުލަން ޖެހޭ ބުރައިގެ ސަބަބުން ގައުމުގެ އިޖުތިމާއި އަދި އިޤްތިސާދީ ތަރައްގީއަށް ހުރަސް އެޅޭކަމަށެވެ.

ކުޑަ ގައުމެއްގެ ހައިސިއްޔަތުން ނާޒުކު ކަމުގެ މާނަ ދިވެހިންނަށް އިހުސާސް ކުރެވޭނެ ކަމަށާއި ނާޒުކުވުމުގެ ސަބަބުން ދައްކަންޖެހޭ އަގުވެސް އެންމެ ރަނގަޅަށް އިހުސާސް ކުރެވޭނެ އެއްބަޔަކީ ދިވެހިން ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

އެހެންކަމުން ދިވެހި ރައްޔިތުންނަށް ކުރިމަތިވާ މިފަދަ ކަންކަމުން ސަލާމަތްވުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. 

މިއަދު އޮންލައިން