ވާޖިބު ރޯދައެއް، ރޯދަހިފުން ސުންނަތް ދުވަހަކު ހިފުމުން ދެކަމުގެ ސަވާބު ލިބޭނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ވާޖިބު ރޯދައެއް، ރޯދަހިފުން ސުންނަތް ދުވަހަކު ހިފުމުން ދެކަމުގެ ސަވާބު ލިބޭނެ!: ޑރ. އިޔާޟް

ހިފަންޖެހިފައިވާ ވާޖިބު ރޯދައެއް، ރޯދަ ހިފުން ސުންނަތްވެގެންވާ ދުވަހަކު ހިފައިފިނަމަ ދެކަމުގެ ސަވާބު އެމީހަކަށް ދެއްވަވާނެތެވެ!. އިން ޝާ ﷲ

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ، ރޯދަ ހިފުން ސުންނަތް ވެގެންވާ، ހަނދު މަހުގެ 13،14،15 ދުވަހު ވާޖިބު ރޯދައެއް ހިފުމުން ދެކަމުގެ ސަވާބު ލިބޭނެތޯ މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ. 

ސުންނަތް ރޯދައަކަށް ހުރެފައި ރޯދަ ދޫކޮށްލެވިދާނެތޯ؟ މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ ދައުވަތެއް ލިބިއްޖެ ނަމަ ރޯދަ ދޫކޮށްލެވިދާނެ ކަމަށެވެ. ނަމަވެސް ބޮޑަށް ރަނގަޅީ ރޯދަ ފުރިހަމަކުރުން ކަމަށެވެ.   

މިހާރަކަށް އައިސް ގިންވާނީ ކޮންމެވެސް ފަރާތަކުން ކޮންމެވެސް ދައުވަތެއް ލިބޭނެ ދުވަހަކެވެ. އެހެންކަމުން ރޯދަ ދޫކުރަންވެއްޖެ ނަމަ ރޯދަ ފުރިހަމަކުރެވޭނެ ދުވަހެއް ވަރަށް މަދުވާނެކަން ފާހަގަކލުރެވެއެވެ.

މިއަދު އޮންލައިން