މާލެއިން މާފުށްޓަށް ދިޔަ ގްރޫޕަކުން، މާފުށީ ޖަލު ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖޫނިއާ އޮފިސަރަކަށް ރޭ ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.
މިކަމާއި ގުޅޭގޮތުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ ހިންގި އެމާރާމާރީއާއި މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމާއި އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ. ބައެއް މީހުން ބުނެފައިވަނީ އެމާރާމާރީއަކީ އާއިލީ މައްސަލައަކާއި ގުޅިގެން ހިނގި މާރާމާރީއެކެވެ.
މާލެއިން ދިޔަ ގްރޫޕުން ދިން ހަމަލާގެ ސަބަބުން އޮފިސަރުގެ މޫނުމަތި ފަޅައިގެން ދިޔަ ނަމަވެސް، އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.
މިމާރާމާރީއާއި ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.