ސަލާމަތަށް ނުރައްކާ ވެދާނެފަދަ ތަކެތި ގެންގުޅޭކަމުގެ ތުހުމަތުގަ ޖަލު ފާސް ކުރަނީ

ކިޔުމަށް ހޭދަވާނީ 1މ 24ސ
ސަލާމަތަށް ނުރައްކާ ވެދާނެފަދަ ތަކެތި ގެންގުޅޭކަމުގެ ތުހުމަތުގަ ޖަލު ފާސް ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގި ޔުނިޓުގައި ޖަލުގެ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ އެތަން ފާސްކުރަން މިއަދު ފަށައިފި އެވެ.

 

މިކަމާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން ބުނީ ޖަލުގައި ހިންގި ހަމަނުޖެހުމަށް ފަހު އެތަނުގެ ކަންކަން ހަމައަކަށް ނޭޅޭ ކަމަށާއި ޖަލުގެ ކަންކަން އާއްމު ހާލަތުގައި ދެމެހެއްޓުމަށް ގޮންޖެހުންތަކެއް ވެސް ކުރިމަތިވަމުންދާ ކަމަށެވެ.

 

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގާފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި ޔުނިޓުގައެވެ. އެތަނުގައި ހުރި ސީސީޓީވީ ކެމެރާތައް ވެސް ތަޅާލާފައިވާ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

 

އެތަނުން ބުނިގޮތުގައި ޖަލުގެ ސަލާމަތަށް ނުރައްކާތެރި ވެދާނެ ފަދަ ތަކެތި ހޯދަން އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިރުޝާދުގެ ދަށުން، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ޑެޕިއުޓީ ކޮމިޝަނަރާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ހާޒިރުގަ އެވެ. އެ އޮޕަރޭޝަން ފަށައިގެން ނިމެންދެން ވީޑިއޯ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 

"މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ހެދިފައިވާ އުސޫލްތަކާއި ޖަލު އޮފިސަރުން ހިފަހައްޓަން ޖެހޭ ސުލޫކީ އަދި އަހުލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމާއި ބާރުގެ ބޭނުން ކުރާނީ ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެ ހާލަތަކާ އެކަށީގެންވާ އެންމެ ދަށް މިންވަރަކަށް ކަން މިނިސްޓްރީން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަމެވެ،" ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

 

މިއަދު އޮންލައިން