ހުޅަނގުގެ ތަޢުލީމާއި ޘަޤާފަތުން ސިކުނޑިތަކާއި ހިތްތައް އާރާސްތުކޮށްފައިވާ މީހުންނަށް "އިސްލާމް" މި ލަފުޒަކީ ނުހަނު ބިރުވެރި ލަފުޒެއް ކަމަށް އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމް ޝައިޚް މުޙައްމަދުި ލަޠީފް ވިދާޅުވެއްޖެއެވެ.
ޝައިޚް ލަޠީފް ވިދާޅުވީ "އިސްލާމް" އެ ލަފުޒުގެ އަޑު އިވި، އެއަށް ނިޞްބަތްވާ މީހުންނާއި ތަކެތި ފެނުމުން އެމީހުންގެ ދެލޯ މުދުނަށް އަރައި، ދުނިޔެ ރަންވެ، ގައިން ހީބިހި ނަގައި އެއާއި ދެކޮޅަށް މަސައްކަތް ކުރުމަކީ މިއަދު ފެށިގެން އުޅޭ ކަމެއް ނޫނެވެ.
ޝައިޚް މުޙައްމަދު ލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ބަހައްޓަން ނުޖެހޭ ކަމަށް ބުނެ އެ މުއައްސަސާ އުވާލަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އިއްޔެ ވާހަކަފުޅު ދެއްކެވުމާއި ގުޅިގެންނެވެ.
ހުޅަނގުގެ ތަޢުލީމާއި ޘަޤާފަތުން ސިކުނޑިތަކާއި ހިތްތައް އާރާސްތުކޮށްފައިވާ މީހުންނަށް "އިސްލާމް" މި ލަފުޒަކީ ނުހަނު ބިރުވެރި ލަފުޒެކެވެ. pic.twitter.com/QLTu7LfSKQ
— Muhmmadh Latheef (@muhammadhlathyf) June 25, 2019