އައްޑޫ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ އެމްއާރްއައި މެޝިން އައްޑޫ އަށް ގެންގޮސްފިއެވެ.
މި މެޝިން އައްޑުއަށް ގެންގޮސްފައިވަނީ ޗާޓަރު ކުރި ފްލައިޓެއްގައި ރޭ ފަތިހުގެ ވަގުތެއްގައެވެ.
އެމްއާރްއައި މެޝިން އިންސްޓޯލް ކުރުމަށް އިންޖިނިއަރުން މިވަގުތު އައްޑޫގައި ތިބި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަލަށް ހުޅުވާ އައްޑޫ ހޮސްޕިޓަލަކީ 100 އެނދުގަ ހޮސްޕިޓަލެކެވެ. އަދި މި ހޮސްޕިޓަލް ހިންގާނީ 2011 ގައި އައްޑޫގައި 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައެވެ.
ހޮސްޕިޓަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު އަންނަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުވުމަށް ވަނީ އަމާޒު ހިފާފައެވެ.