ބާ ކައުންސިލް އުފެއްދުމަށް އެކުލަވާލާ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މި ބިލް މަޖިލީހުން ފާސްކުރީ 69 މެމްބަރުންގެ ވޯޓާއެކުއެވެ.
މިބިލަކީ ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓަން ބާ ކައުންސިލެއް އުފައްދާ ގޮތަށް އެކުލަވާފައިވާ ބިލެކެވެ.
މިބިލުގައި ބުނެފައިވަނީ ބާ ކައުންސިލު ވުޖޫދުވުމުން ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ ބާ ކައުންސިލު ކަމަށެވެ.
މިހާރު ވަކީލުންގެ ކަންކަން ބަލަހައްޓަނީ ސުޕްރީމް ކޯޓުގެ ދަށުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.