"ބޭފުޅުންނޭވެ! އިސްލާމް ދީނުގައިވާ އިލާހީ ހުކުމްފުޅުތަކަކީ 7 އުޑު މަތިން މާތް ﷲ ބާވައިލައްވަވާފައިވާ ވަރަށް ފުރިހަމަ ޙުކުމްފުޅު ތަކެކެވެ. ކިތަންމެ ވަރަކަށް ބޯ ގޭނި ނަމަވެސް އިންސާނުންނަކަށް އެޙުކުމްފުޅުތަކަށްވުރެ ފުރިހަމަ ޙުކުމްތަކެއް ނުގެނެވޭނެއެވެ.
ބައްލަވާށެވެ! އެއީ ޚާލިޤް އެވެ. މިއީ މަޚްލޫޤުންނެވެ."
- ޝައިޚް ޢަލީ ޒައިދު
ޝައިޚް އެވިދާޅުވަނީ އިންސާނުން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެންމެހައި އިންސާނުންނާއި ވުޖޫދުގައި ވާހައި ތަކެތި (އެންމެހައި މަޚްލޫޤުން) އުފެއްދެވި ﷲ ތަޢާލާގެ ނިންމެވުންތަކަށްވުރެ ފުރިހަމަ ގޮތެއް އެކަލާނގެ އުފެއްދެވި އެއްވެސް މަޚްލޫޤަކަށް ނުހޯދޭނެ ކަމެވެ. އެކަން ކުރަން ބޭނުން ނަމަ ޖެހޭނީ އަމިއްލައަށް ދުނިޔެއެއް އުފައްދައި އެދުނިޔެއަކަށް އެމީހަކު އަމިއްލައަށް އަންނަން ކަމަށެވެ.