ހަރުކަށި ފިކުރަކީ ﷲ ގެ އެންގެވުންތަކަށް އަމަލު ނުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ހަރުކަށި ފިކުރަކީ ﷲ ގެ އެންގެވުންތަކަށް އަމަލު ނުކުރުން!

ދީނީ ޢިލްމްވެރިން ބަޔާން ކުރައްވާ ގޮތުގައި ހަރުކަށި ފިކުރަކީ އެންގެވުންތަކަށް ގޮންޖަހައި އަމަލު ނުކުރުމެވެ. މީސްތަކުންގެ ތެރެއިން އެންމެ ހަރުކަށި ފިކުރުގެ މީހާއަކީ ކީރިތި ޤްރުއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތް ޤަބޫލު ނުކުރާ މީހާއެވެ. ހަރުކަށި ފިކުރުގެ މީހާއަކީ މާތްﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް އަމަލު ނުކުރާ މީހާއެވެ.

އެހެންކަމުން ހަރުކަށި ފިކުރުގެ މީހަކަށްވުމުގެ ފުރުޞަތު އެއްވެސް މީޙަކަށް ލިބިގެނެއް ނުވެއެވެ.

ދީނީ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ބައެއް މީހުން ގެންދަނީ އިސްލާމް ދީނަކީ މެދުމިނުގެ ދީން ކަމަށް ބުނެވޭ ބަހުގެ މާނަ އޮޅުވައިލަމުންނެވެ. އެހެނީ އިސްލާމް ދީނުގައި އޮންނަނީ އެންމެ މިނެކެވެ. އެއީ މާތްﷲ އެންގެވި ގޮތެވެ. އަދި ރަސޫލް (ޞޢވ)ގެ ސުންނަތެވެ. އެހެނީ ރަސޫލް (ޞޢވ)ގެ ސުންނަތަކީވެސް ވަޙީއެވެ.

ބައެއް ދީންތަކުގައި ތައުބާވުމަށް އެމީހާ މަރުވާންޖެހެއެވެ. ދަރިން ކަތިލައި އެމީހުންގެ ކަލާނގެތަކަށް ޤްރުބާންކުރަން ޖެހެއެވެ. ނަމަވެސް އިސްލާމް ދިނުގައި ތައުބާވުމަށް މިފަދަ އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. ފާފަކުރުމުން ދުރުހެލިވެ ފާފަ ފުއްސަވައި ދެއްވެވުމަށް މާތް ﷲ ގެ ޙަޟްރަތުގައި އެދުމުން ނިމެނީއެވެ.

އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރާ މީހުންނަކީ ހަރުކަށި މީހުންގެ ގޮތުގައި ސިފަކުރަނީ އިސްލާމްދީނުގެ ޢަދާވާތްތެރިންނެވެ. އެކަން ކުރަނީ އިސްލާމް ދިން ފުރިހަމަ ގޮތުގައި ތަންފީޒުވިއަ ނުދިނުމަށްޓަކައެވެ.

ﷲ ތައާލާ އަމުރުފުޅު ކުރައްވަވާފައިވާ މިންވަރަށް ނިވާވުމުން އެމީހަކީ ހަރުކަށި ފިކުރުގެ މީހެއްގެ ގޮތުގައި ލޭބަލްކުރާއިރު ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ހަރުކަށި ފިކުރަކީ ﷲ ތައާލާ އެންގެވި މިންވަރަށް ނިވާ ނުވެ ތިބުމެވެ. ފިރިހެނުންނަށް ބަލައިފިނަމަ ފޫޅާއި ކަކުލާއި ދެމެދު ނިވާ ނުކޮށް ތިބުމެވެ. އަންހެނުން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ތިބޭއިރު މޫނާއި ދެއަތް ތިލަ ނޫން ތަންތަން ހާމަކުރުމެވެ. މިއީ އިސްލާމް ދީނަށް ފުރިހަމަ ގޮތުގައި ގޮވާލައްވާ ހުރިހާ ޢިލްމުވެރިނެ އިއްތިފާޤްވެވަޑައިގަންނަވާ މައްސަލައެކެވެ.

ދިނީ ޢިލްމުވެރިން ގެންދަވަނީ ރާއްޖޭގައި ތިބި ﷲ ތައާލާގެ އެންގެވުންތަކަށް ބޯނުލަނބާ މީހުންނަށް ތެދުމަގު ދައްކައިދޭން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަ ކުރައްވަމުންނެވެ!

އެމެރިކާ ބޭނުންވާ ގޮތަށް ސައުދިއަރަބިޔާގެ ދީނީ ސިޔާސަތު ބަދަލުކޮށް ޤައުމީ މަންހަޖަށް ބަދަލު ގެންނަން ފެށުމާއިއެކު "ހަލާލް" ލޭބަލް ޖަހައިގެން ނައިޓް ކްލަބްތައް ވެސް މިހާރު ގެންދަނީ ހިންގަމުންނެވެ. އެފަދަ ނައިޓްކްލަބެއް ދާދިފަހުން ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. ގަރުކަށި ފިކުރަކީ އެފަދަ ކަންކަން ކުރުމެވެ.

މިއަދު އޮންލައިން