ބްރޯޑްކޮމްގެ މެމްބަރުކަމުން ސޮފްވާން އިސްތިއުފާ ދެއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
ބްރޯޑްކޮމްގެ މެމްބަރުކަމުން ސޮފްވާން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު އިސްމާއީލް ސޮފްވާން، އެކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

 

ބްރޯޑްކޮމްގެ މެންބަރުކަމުން ސޮފްވާން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ މަގާމުން ވަކި ކުރުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމާފައި ވަނިކޮށެވެ. އޭނާ މަގާމުން ވަކިކުރަން ކޮމެޓީން ނިންމީ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ހަމަސް ދުވަހުގެ މުސާރަ އޭނާ ނަންގަވަމުންދާ މައްސަލަ ކޮމެޓީން ބެލުމަށްފަހުއެވެ. ސޮފްވާން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުވި ހިސާބުން ފެށިގެން ސޮފްވާން ވަޒީފާއަކަށް ނުނިކުންނަވައެވެ.

 

ބްރޯޑްކޮމްގެ މެންބަރު ކަމުން ސޮފްވާން އިސްތިއުފާ ދެއްވާފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސް ހަސަން ލުތުފީ ވެސްވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ލުތުފީ އިސްތިއުފާ ދެއްވާފައިވަނީ އޭނާވެސް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ މުސާރަ ނަންގަވާ މައްސަލާގައެވެ. އެ މައްސަލަ މަޖިލީހުގެ ކޮމެޓީން ބެލުމަށްފަހު މަގާމުން ވަކި ކުރަން ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން