ޖުވާކުޅުން ހުއްދަކުރަން މަސައްކަތްކުރުމާ އެކަމަށް ތާއީދު ކުރުމަކީ މެންބަރުންގެ ހުވައާ ޚިލާފް ކަމެއްކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް މިއަދުކުރެއްވި ޓްވީޓެއްގަ ވިދާޅުވީ "މަޖިލިސް މެންބަރުންގެ ހުވާގައި "އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިތާނަމޭ" ވިދާޅުވެ ހުވާ ކުރެއްވުމަށްފަހު، ކެސިނޯ އަޅަން ޤަރާރެއް ވެއްދެވީމާ އަދި އެއަށް ތާއީދު ކުރެއްވީމާ ކުރެއްވި ހުއާއި ޚިލާފް ވެވެނީކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހަނދުމަފުޅު ކުރައްވަން ޖެހެއެވެ."
Majlis member kamuge huvaa gai "islam dheenah hurumaiytherikoh hithaanamey" vidhaalhuvefai, Casino alhan garaareh vedhdheveema adhi eyah thaaeedhu kurevveemaa huvayaai khilaafu veveny kan @mvpeoplesmajlis ge member in handhaan kuravvan jehey.
— Dr Mohamed Iyaz (@dr_iyaz) June 26, 2019
ﷲ ތައާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން ރާއްޖޭގައި ކުރަން ހުއްދަ ކުރުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްޢޫލިއްޔަތަކަށް ވާންޖެހޭނީ ރާއްޖޭގެ ޤާނޫނު އަސާސީގައި މިހާރު ހުއްދަކޮށްފައި ހުރި އިސްލާމް ދީނުގައި ޙަރާމް ކަންކަން ވެސް މަނާ ކުރަން މަސައްކަތްކުރުންކަން ދީނީ ޢިލްމުވެރިން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.