ޑރ. ޒާކިރް ނައިކް ހިންދޫންނަށް އެމީހުންގެ ދީން ބަޔާންކޮށް ދެއްވަވަނީ އެމީހުންގެ ފޮތްތަކުންނެވެ. އެމީހުންގެ ފޮތްތަކުގައި ބުދުތަކަށް އަޅުކަންކުރުން ޙަރާމެވެ. ބަނގުރާ ބުއިންވެސް ޙަރާމެވެ. އަޅުކަން ކުރަން ޖެހެނީ އެންމެ މަތިވެރިވަންތަ ފަރާތަށެވެ. ދެވަނަ ފަރާތަކަށް އަޅުކަން ކުރުމެއް ނެތެވެ. ރަސޫލް (ޞޢވ) އީ އެންމެ ފަހުގެ ރަސޫލާ ކަމަށްވެސް ބަޔާންވެގެންވެއެވެ.
ނަމަވެސް ފޮތްތައް ބަދަލުކުރަނީ އުނި އިތުރުކުރަނީއެވެ. އަސްލު ފޮތްތަކުގައި މިވާހަކަތައް ވަނީ ބަޔާންވެގެންނެވެ. މިކަންކަން ޑރ. ޒާކިރް ނައިކް އެމީހުންނަށް ފަހުމްވާނެ ޢިބާރާތުން ބަޔާންކޮށްދެއްވުމުން ވަރުގަދައަށް ހިންދޫ ދީން ބަލައިގަނެގެން ތިބޭ ޒުވާނުން އިސްލާމް ދީން ޤަބޫލުކުރަމުންދާ މަންޒަރު މިވީޑިއޯއިންވެސް ފެނިވަޑައިގަންނަވާނެއެވެ!
ޑރ. ޒާކިރް ނައިކް ޓެރަރިސްޓަކަށް ހަދަނީ ޓެރަރިޒަމްގެ އެއްވެސް އަމަލަކަށް ހިތްވަރު ދެއްވާތީއެއް ނޫނެވެ. އިސްލާމް ދީން ބަޔާންކޮށްދެއްވާލެއް ފުރިހަމަކަމުންނެވެ. މީސްތަކުންނަށް ވިސްނޭނެ ސާފު އިބާރާތުން އިސްލާމް ދީނުގެ ކަންކަން ހާމަކުރައްވަމުން ގެންދަވާތީއެވެ. އެކަން އެހެން ދީންތަކުގެ މީހުންނަށްވެސް ޤަބޫލުކުރެވި އިސްލާމްވަމުންދާތީއެވެ!
ގުޅުންހުރި ވީޑިއޯ: