އަމިއްލަ މުދަލަކީ އާޚިރަތަކަށްޓަކައި ހޭދަކުރާ މުދަލެވެ! ﷲ ގެ މަގުގައި ހޭދަނުކޮށް ބަހައްޓާފައިދާ މުދަލަކީ ވާރުތަވެރިޔާގެ މުދަލެވެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އަމިއްލަ މުދަލަކީ އާޚިރަތަކަށްޓަކައި ހޭދަކުރާ މުދަލެވެ! ﷲ ގެ މަގުގައި ހޭދަނުކޮށް ބަހައްޓާފައިދާ މުދަލަކީ ވާރުތަވެރިޔާގެ މުދަލެވެ!: ޙަދީޘް

ގިން ބައަކަށް ޤަބޫލުކުރެވެނީ އެމީހެއްގެ އަމިއްލަ މުދަލަކީ އެމީހަކު އެއްކޮށް ޖަމާކޮށްފައި ހުންނަ މުދައުކަމަށެވެ. ނަމަވެސް ޙަދީޘްފުޅުން އެކަން އެނގެން އޮތީ އެހެން ނޫންކަން މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފިއެވެ. ޙަދީޘްފުޅުންނެވެ. 

ޝައިޚް ޢަލީ ޒައިދު އަމިއްލަފުޅަށް އެކުލަވާލައްވައި ޚުޠުބާ ދެއްވަމުން މިއަދު ވަނީ އެކަން ސާފުކޮށް ބަޔާންކޮށް ދެއްވަވައިފައެވެ. 

ރަސުލް (ޞޢވ) ޙަދިޘްފުޅު ކުރައްވަވާފައި އެވަނީ ހަމަކަށަވަރުން އެމީހެއްގެ އަމިއްލަ މުދަލަކީ އެމީހަކު އާޚިރަތަށްޓަކައި ހޭދަކުރި އެއްޗެއް ކަމެވެ. އަދި އާޚިރަތަށްޓަކައި ހޭދަނުކޮށް ބަހައްޓާފައިދާ މުދަލަކީ ވާރުތަވެރިންގެ މުދައު ކަމަށެވެ. 

އެހެނީ އެމީހަކު މަރުވުމުން އެމީހަކާއިއެކުގައި ގެންދެވޭނީ އެމީހަކު އާޚިރަތަށްޓަކައި ހޭދަކުރި އެއްޗެކެވެ. އާޚިރަތަށްތަކައި ހޭދަނުކޮށް ދުނިޔެއަށް ދޫކޮށްފައިދާ ހުރިހާ މުދަލެއް ލިބޭނީ ވާރުތަވެރިންނަށެވެ. 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިޙަދީޘްފުޅުން އެނގިގެންދަނީ އެމީހަކު ދުނިޔޭގައި ހުރެ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމުގެ މުހިންމުކަން ކަމަށެވެ. ފަޤީރުންނަށް އަލާލައި ނިކަމެތިންގެ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމަކީ ތިމާ ދުނިޔޭގައި ހުންނައިރު ކުރުން ކޮންމެހެން ބޭނުން ކަމެއް ކަމެވެ. "އަޅުގަނޑުމެންނަށް އޮތީ މީސްތަކުންނަށް ހެޔޮފޯރުކޮށްދިނުމާއި ހެޔޮ ގޮތުގައި ﷲގެ މަގުގައި ހޭދަކުރުމަށް އަވަސްވެގަތުމެވެ. އެހެނީ ލޯމަރައިލަން ޖެހޭނީ މާދަމާ ނޫންކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ."

މިއަދު އޮންލައިން