ﷲ ގެ ޙުކުމްފުޅުތައް ޤަބޫލު ނުކުރާ މީހުންނަށް ޝައިޚް ޝަފީޢުގެ ހަނދާންކޮށް ދިނުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ﷲ ގެ ޙުކުމްފުޅުތައް ޤަބޫލު ނުކުރާ މީހުންނަށް ޝައިޚް ޝަފީޢުގެ ހަނދާންކޮށް ދިނުމެއް!

وَاللَّـهُ غَالِبٌ عَلَىٰ أَمْرِهِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ (سورة يوسف:21)

اللَّه އީ، އެކަލާނގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.

މިއީ ޝައީޚް ޝަފީޢް ޢަބްދުﷲ، ޔޫސުފް ސޫރަތުގެ 21 ވަނަ އާޔަތުން ހާމަކުރައްވަވާފައިވާ ބައެކެވެ. 

އެއާޔަތުގައި ވަނީ: "مصر ން އެކަލޭގެފާނު ގަތް މީހާ، އޭނާގެ އަންހެނުންނަށް ބުންޏެވެ. ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ! އެއީ އެކަލޭގެފާނު، ތިމަންމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ ތިމަންމެން އެކަލޭގެފާނު ދަރިއެއްކަމުގައި ހަދާނީއެވެ. އެފަދައިން، ތިމަންރަސްކަލާނގެ يوسف ގެފާނު (مصر ގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. އަދި ހުވަފެނުގެ ވާހަކަތައް މާނަކުރެއްވުން އެކަލޭގެފާނަށް ދަސްކޮށްދެއްވުމަށްޓަކައެވެ. اللَّه އީ، އެކަލާނގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ." މިފަދައިންނެވެ.

ޝައިޚް މިބަސްފުޅު ހާމަކުރެއްވި ސަބަބު ބަޔާން ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ޝައިޚް ވަނީ އިސްލާމް ދީނުގެ ޙުކުމްފުޅުތަކަށް ފައުޅުގައި އިންކާރުކުރުމުގެ އަމަލުތައް ކުރާ ފަރާތްތަކުގެ މައްސަލަތައް ކުރިން ފާހަގަކުރައްވައިފައެވެ.

މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާ އިރާދަކުރައްވައިފި އަޅަކު ބާރުވެރިކުރައްވަވާނެ ކަމެވެ. އަދި އިރާދަކުރައްވަވައިފި އަޅަކު ނިކަމެތި ކުރައްވަވާނެ ކަމާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތައާލާއަށް ކަމެވެ.

އެހެންކަމުން މިއީ މަޤާމްތައް ލިބުމުންނާއި އަދި ނުލިބިވެސް ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ދެކޮޅު ހަދައި އަމިއްލަ ގޮތްތައް ކުރިއަށް ނެރޭ މީހުންނަށް ދެއްވި މެސެޖެއްކަން ފާހަކަކުރެވެއެވެ. އާޔަތުގައި ﷲ ވަހީ ކުރައްވަވާފައިއެވަނީ އެންމެހައި ބާރުތައް ލިބިވޮޑިގެންވަނީ ﷲ ތަޢާލާ އަށް ކަމަށާއި ނަމަވެސް މީސްތަކުންނަށް އެކަން ނުއެނގެނީ ކަމަށެވެ. 

އެކަން މީސްތަކުންނަށް އެނގޭނަމަ، ޤަބޫލުކުރެވޭ ނަމަ ﷲ ތައާލާގެ ޙުކުމްފުޅުތަކާއި ދެކޮޅު ހަދަން ބިރުވެތިވާނެއެވެ!

މިއަދު އޮންލައިން