ވަރިކޮށްފިނަމަ އިބިލީސް އުފަލުން ގޮނޑިން ތެދުވެ ކައިވެނި ރޫޅާލަން މަގުފަހިކުރި ޝައިޠާނާގެ ގައިގައި ބައްދައެވެ!: ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ވަރިކޮށްފިނަމަ އިބިލީސް އުފަލުން ގޮނޑިން ތެދުވެ ކައިވެނި ރޫޅާލަން މަގުފަހިކުރި ޝައިޠާނާގެ ގައިގައި ބައްދައެވެ!: ޢަލީ ހައްމުދާ

ދެމަފިރިއަކު ވަރިކޮށްފިނަމަ އިބިލީސް އުފަލުން ގޮނޑިން ފުންމައިގެން ތެދުވެ ކައިވެނި ރޫޅައިލަން މަގުފަހިކުރި ޝައިޠާނާގެ ގައިގައި ބައްދައެވެ! "ހަގް"ކުރެއެވެ. 

އެއީ ކީއްވެގެން ހެއްޔެވެ؟ އިބިލީހުގެ ބަހަށް ހެއްލޭނެ އިތުރު ބައަކު ލިބުމުންނެވެ. ކައިވެނި ރޫޅުމަކީ ދެމީހުން ލައްވައިވެސް ފާހިޝް އަމަލުތައް ހިންގުވައި ނަރަކައަށް ވައްޓައިލަން ފަސޭހަ ކަމަކަށްވާތީއެވެ. ދެމީހުންގެ ދަރިންތައް ތަރުބިއްޔަތު ނުކުރެވުމުގެ ސަބަބުން މަގުފުރައްދައިލަން ފަސޭހަވާނެތީއެވެ.  

މީސްތަކުންނޭވެ! ކަން މިހެން ހުރުމުން ވަރީގެ މައްސަލަ ހިތަށް ގެންނަން ވެސް ވާނީ ޙައްލުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހުގައެވެ. މިދެވެނީ އަލިފާނާއި ދިމާއަށް ކަމަށާއި ފިހިދާނެ ކަމަށް ބިރުވެތިވާން ވާނެއެވެ. ފިހުނު ނަމަވެސް ހެޔޮ ކަމަށް ކަންކަން ކުރަންޖެހޭ ޙާލަތަށް ދިއުމުން ނޫނީ ވަރީގެ މައްސަލަ ހިތަށްވެސް ނުގެންނާށެވެ. އެހެނީ ވަރީގެ ވަށައިގެން ވަނީ އަލިފާނެވެ. އެ އަލިފާނުން ސަލާމަތް ވެވޭނީ ވަރަށް މަދު މީހަކަށެވެ. ސަލާމަތް ނުވެވޭވަރަށް އިބިލީސް އެމީހަކު ވަށައިލާނެތީއެވެ. 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން