"ޙަދިޘް ދޮގު ނުވާނެކަން މިހާރު ބައަކަށް އެނގޭނެއެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ތިމަންކަލޭގެފާނުގެ އުންމަތުގައި ޒިނޭ އާއި ފަށުވި ފޭރާމާއި، -- ހުއްދަކޮށް ގަންނާނެ ބައަކު ފަހުން އަންނާނެއެވެ." ޞަޙީޙް ބުޚާރީ
- ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު މިފަދައިން ވިދާޅުވެފައި މިވަނީ "ޒިނޭ ކުރުން ފަދަ ކަންކަމުގައި އިސްލާމް ދީނުގައި ހުރި ޙުކުމްތަކަކީ ޒަމާނާއި ނުގުޅޭ އަދި އުވާލަން ޖެހިފައިވާ ޙުކުމްތަކެއް" ކަމަށް ބަޔާންކޮށް އަނހެންކު ކުރި ޓްވީޓަކަށް ސަރުކާރުގެ އިސް މަޤާމެއްގައި ހުރި މީހަކު ތާއީދުކުރި މައްސަލައެއް ފެންމަތިވެފައިވާ ވަގުތެއްގައެވެ.
އޭނާގެ އެ ޓްވީޓާއި ގުޅިގެން ޢާންމުންގެ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. މިފަދަ އަމަލުތައް ކުރާ މީހުންނަށް ވެރިކަމުގެ ފަރާތުން ވިސްނައިދީ ތައުބާ ލައިދޭން ޖެހޭނެ ކަމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ ބަޔާން ކުރައްވަމުންނެވެ.