ފަތިސް ނަމާދަށް ހޭލިއިރު ދަރިފުޅު ރޮނީއެވެ. ހުއްޓައި ނުލީއެވެ. އިރު އަރަނީއެވެ. އެހާލަތުގައި ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟"
މިސުވާލުގެ ޖަވާބނުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ އިރުއެރުމުގެ ކުރިން ފަތިސް ނަމާދުކުރަން މަސައްކަތް ކުރަންވާނެ ކަމަށާއި ނަމަވެސް ދަރިފުޅު ރޯތީ ނަމާދު ނުކުރެވުނު ނަމަ ފަހުން ނަމަވެސް ވީހައި އަވަހަކަށް ފަތިސްނަމާދުކުރަންވާނެ ކަމަށެވެ.
މިއީ އެކަނިވެރި މައަކަށް ކުރިމަތިވެދާނެ ހާލަތެކެވެ. ޑރ. އިޔާޟްގެ ބަސްފުޅުން އެނގެނީ އެހާލަތުގައިވެސް އޮތީ ނަމާދުގެ ވަގުތުގައި ނަމާދުކުރަން މަސައްކަތްކުރުން މަސައްކަތްކުރުން ކަމަށެވެ. ނަމަވެސް ނުކުރެވިއްޖެނަމަ އޮތީ ފަސޭހަވި ވަގުތަކުކުރަން މަޑުކުރުން ނޫން ކަމާއި ވީހައި އަވަހަކަށް ކުރުން ކަމެވެ.