ޒިނޭކޮށް ސުވަރުގެ ނުލިބޭނެ އަމަލުތައް ތިއަކުރަނީ ސުވަރުގެއިން ލިބޭނެ ޙޫޜަލްޢީނުންގެ ސިފަތައްވެސް ނުއެނގޭތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ޒިނޭކޮށް ސުވަރުގެ ނުލިބޭނެ އަމަލުތައް ތިއަކުރަނީ ސުވަރުގެއިން ލިބޭނެ ޙޫޜަލްޢީނުންގެ ސިފަތައްވެސް ނުއެނގޭތީއެވެ!

ޙޫރަލްޢީނުންގެ ފުރިހަމަކަމުގެ ވާހަކަ ދައްކައި ކޮޅުންލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަނަބަލކުންގެ އިނގިލިފުޅުގެ ކޮޅުގެ އަލިކަން ދުނިޔެއަށް އެޅުނު ނަމަވެސް އިރާއި ހަނދުގެ އަލިކަމަށްވުރެ އުޖާލާވާނެއެވެ. އެކަނބަލުންގެ އިސްތަށިފުޅުގެ މީރުވަހުން މުޅި ދުނިޔެ ފުރިގެންދާނެއެވެ. 

ޙޫރަލްޢީނަކު ދުނިޔޭގެ ކަނޑަށް ކުޅު ޖައްސަވައިފިނަމަ ކަނޑުގެ ލޮނުގަނޑު މީރު ފެނަށް ބަދަލުވެގެންދާނެއެވެ. އެކަނބަލުން ﷲ ތައާލާއަށް ޘަނާ ވިދާޅުވަން ފެށްޓެވުމުން ސުވަރުގޭގެ ހުރިހާ ގަސްތައް ގުޑަން ފަށާނެއެވެ. އެކަނބަލުން ހިނިތުންވެވަޑައިގަތުމުން ފައުޅުވާ ނޫރުން މުޅި ސުވަރުގެ އުޖާލާވެގެންދާނެއެވެ. 

ލޮބުވެތި ކަނބަލުންނޭވެ! މިއީ ތިއަ ކަނބަލުންނަށް ދެވޭ އެންމެ އުފާވެރި ޚަބަރަށްވެސް ވެދާނެއެވެ. އަމިއްލައަށް ފަޚުރުވެރިވެލާށެވެ! މިފަދަ ފުރިހަކަން ލިބިގެންވާ ޙޫރަލްޢީނުންނަށްވުރެ ސުވަރުގެ ވައްދަވާ އަންހެނުންގެ ޤަދަރު ﷲ ތަޢާލާގެ ޙަޟްރަތުގައި ވަނީ އެތައް ގުނައަކަށް މަތިވެރިވެގެންނެވެ. އެއީ އެކަނބަލުން ދުނިޔޭގައި ތިބެ ކުރި ނަމާދާއި ހިފިރޯދައާއި ކުރި ޞަދަޤާތާއި އެހެނިހެން އަޅުކަމުގެ ސަބަބުންނެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުން ސުވަރުގެ ވައްދަވާނީ މިހާރު ތިއަ ތިބި ސިފައަކު ނޫނެވެ! އަލިގަދަ ނޫރުން އުޖާލާވެގެންވާ ޙާލުގައެވެ. މިކަންކަމަކީ ޙަދީޘްފުޅުން އެނގެން ހުރި ކަންކަމެވެ. 

މީސްތަކުންނޭވެ! ރިވެތި ސިފައަކަށް ހުންނަ މީހަކު ފެންނައިރަށް އެމީހަކަށް ޝައުޤުވެރިވެ ޒިނޭކޮށް ސުވަރުގެ ނުލިބޭނެ ޢަމަލުތައް ތިއަކުރަނީ މިފަދަ ފުރިހަމަވެގެންވާ ޙޫރަލްޢީނުން ބޭނުންނުވާތީހެއްޔެވެ؟ އަދި ކިއެއްތަ ދުނިޔޭގައި އެންމެ 2،3 މިނިޓަށް ލިބިދޭ އުފަލުގެ ސަބަބުން ދާއިމަށް ނަރަކައިގައި އަނދައަނދައި އޮންނަން ޖެހިދާނެކަން ވެސް އެނގިހުރެ ނޫން ހެއްޔެވެ؟ 

އާދޭސްކޮށްފައި ބުނަމެވެ. ތިއަ ވިސްނުން ބަދަލުކޮށްލާށެވެ. ސުވަރުގެއަށް ވަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ޙޫރަލްޢީނުން ލިބިގަންނަން ފިސާރި ހިތްވަރާއިއެކު މަސައްކަތްކުރާށެވެ! ތިބާގެ އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ސުވަރުގެވަންތަވެރިއަކަށްވެވިފައި ތިބާ ސުވަރުގޭގައިވެސް އެދެނީ އެމީހަކަށް ނަމަ އެމީހާވެސް ދެއްވަވާނީ ހަމަ މިފަދަ ފުރިހަމަކަމާއިއެކުގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

އަޅުގަނޑަށް ލިބިފައިވާ މައްލޫމާތެއް އިބްރަތަކަށްޓަކައި ހިއްޞާކޮށްލާނަމެވެ. މާލޭގައި އުޅުނު ފައިސާވެރިއެކެވެ. ލިބުނުހައި ފައިސާއެއް އަންހެނުންނަށް ޚަރަދުކުރި މީހެކެވެ. އޭނާ ޒިނޭކުރަން ހުއްޓައިލުމަށް ހިތްވަރު ހޯދިގޮތް ކިޔައިދެމުން ބުނެފައިވެއެވެ. "އަހަރެން ޒިނޭކުރުން ހުއްޓައިލަން ވަރަށް މަސައްކަތްކުރީމެވެ. ރަޖްމްކޮށްދޭތޯ ފަނޑިޔާރުން ގާތަށް ވެސް ހިނގީމެވެ. ނަމަވެސް އެކަންވެސް ވާނެ ގޮތެއް ނުވިއެވެ. ތައުބާވާން ބޭނުންވެގެން އެގޮތަށް އުޅުނު ދުވަސްވަރު ހަމައަމިއްލައަށް ހިތަށް ގެނެވުނު ކަމެކެވެ. ރީތި އަންހެނަކު ފެންނައިރަށް ހިތަށް އަރުވަން ފެށީ ސުވަރުގެއިން ލިބޭނެ ޙޫރަލްޢީނުން މާފުރިހަމަވާނެއެވެ. ތިއައީ ހަމަ އެއްވެސް ރީތިކަމެއް ހުރި އަންހެނެއް ނޫނެވެ. އެވިސްނުމުގައި އުޅެން ހަމަފެށިތަނުން މުޅިން އިޞްލާޙްވެވިއްޖެއެވެ. ޒިނޭކުރަން ހިތަށް އެރުންވެސް ހުއްޓިއްޖެއެވެ. މިއީ އަހަރެންނަށް މިކަމުގައި ކުރެވުނު ތަޖުރިބާއެވެ!." 

މިއަދު އޮންލައިން