މަގޫދޫ ކައުންސިލްގެ ސެކިއުރިޓީ ގާރޑު ބަނދެ، އެއިދާރާގެ ތިޖޫރީ ފަޅާލާ ފައިސާތަކެއް ވަގަށް ނެގި މައްސަލައިގަ 9 މީހުން ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 48ސ
މަގޫދޫ ކައުންސިލްގެ ސެކިއުރިޓީ ގާރޑު ބަނދެ، އެއިދާރާގެ ތިޖޫރީ ފަޅާލާ ފައިސާތަކެއް ވަގަށް ނެގި މައްސަލައިގަ 9 މީހުން ހައްޔަރު ކޮށްފި

ފ. މަގޫދޫ ކައުންސިލް އިދާރާގެ ސެކިއިރިޓީ ގާރޑު ބަނދެ، އެއިދާރާގެ ތިޖޫރީ ފަޅާލާ ފައިސާތަކެއް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގަ ނުވަ މީހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި އެމީހުން ހައްޔަރު ކޮށްފައިވަނީ މަގޫދޫ ކައިރިން ޑިންގީއަކާއި ދޯންޏެއްގައި ދަނިކޮށް ކަނޑުމަތިންނެވެ.

މިމައްސަލައިގަ ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 23 އަހަރުގެ ދެ މީހަކާއި، 24 އަހަރުގެ ދެމީހަކާއި، 26 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކާއި، 33 އަހަރުގެ މީހެއްގެ އިތުރުން، 36 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެކެވެ. ހައްޔަރުކުރި މިނުވަ މީހުންގެ ބަންދަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މަގުދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީގާނޑު ބަނދެ އެއިދާރާގެ ތިޖޫރީފަޅާލާ ފައިސާތަކެއް ވަގަށް ނަގާފައިވަނީ އިއްޔެ ރޭ މެންދަމު 3:30 ހާއިރެވެ. ތިޖޫރީގައި ހުރީ މަދު އަދަދެއްގެ ފައިސާ ކަމަށް ކައުންސިލް އިދާރާއިން މައުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން