މަޖިލިސް ރަނގަޅަށް ހިނގާނަމަ ސަރުކާރުގެ ކަންކަން ދާނީ ރަނގަޅަށް: އިލްޔާސް ލަބީބް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
މަޖިލިސް ރަނގަޅަށް ހިނގާނަމަ ސަރުކާރުގެ ކަންކަން ދާނީ ރަނގަޅަށް: އިލްޔާސް ލަބީބް

މަޖިލިސް ރަނގަޅަށް ހިނގާނަމަ ސަރުކާރުގެ ކަންކަން ދާނީ ރަނގަޅަށް ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި އިލްޔާސް ލަބީބް މިއަދު ވިދާޅުވީ އޮޑިޓަރ ޖެނެރަލް ރިޕޯޓްތައް ނެރުއްވުމުން އެ ރިޕޯޓްތައް ބަލައި މައްސަލަތައް ފާހަގަކޮށް ކަންކަން އިޞްލާޙްކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ކަމާއި ގުޅުން ހުރި މުއައްސަސާތަކުން އަޅާކަން ބެލުމަކީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް 18 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެފަދަ އެއްވެސް މައްސަލައެއް ބަލައި އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމަށެވެ. 

މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވި ގޮތުގައި މާލިއްޔަތު ކޮމިޓީން އެއްވެސް ވަރަކަށް  ނުބަލައި 700 އަށްވުރެ ގިނަ މައްސަލަ ކޮމިޓީގައި އެބައޮތެވެ. އަދި ސަރުކާރުގެ ކޮރަޕްޝަން އިތުރުވެގެން ދިއައީ މާލިއްޔަތު ކޮމިޓީން އެކަމަށް އެއްވެސް ވަރަކަށް އަޅައިނުލުމުންނެވެ. 

އިލްޔާސް ލަބީބް ވިދާޅުވީ 19 ވަނަ މަޖިލީހަކީ ކޮރަޕްޝަން ހުއްޓުވާނެ މަޖިލީހެއް ކަމަށެވެ. އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މަޖިލީހުން ގެންދާނީ ކުރަމުންނެވެ.

 

މިއަދު އޮންލައިން