ބަލިމީހާ އާ ބައްދަލުނުކޮށް ހުއްޓައި މަރުވުމުން ހިތާމަކުރަންޖެހޭ މީހަކަށް ނުވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބަލިމީހާ އާ ބައްދަލުނުކޮށް ހުއްޓައި މަރުވުމުން ހިތާމަކުރަންޖެހޭ މީހަކަށް ނުވާށެވެ!: މުފްތީ މެންކް

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ބަލިމީހުންނަށް ޒިޔާރަތްކުރަން ޖެހޭނީވެސް އެހީއެއް ހިފައިގެން ކަމަށެވެ. އަދި ނިކަމެތި ޙާލުގައި އުޅޭ މީހުންނާއި ބައްދަލުކުރަން ޖެހޭނީވެސް އެހީއެއް ދޭން ކަމަށެވެ. ނަމަވެސް މިއީ މިކަން އޮތް ގޮތެއް ނޫނެވެ. 

އެމީހެއްގެ ކިބައިގައި ޤާބިލުކަން ނެތްނަމަ އެހީ ނުދެވިދާނެއެވެ. އެކަން ﷲ ތައާލާ ދެނެވޮޑިގެންވެއެވެ. އެމީހަކަށް ކެރިކުޅަދާނަވެގެން ނުވާ އެއްވެސް ކަމެއް ނުކުރެވުމަކުން އެމީހެއްގެ މައްޗަށް އެއްވެސް ފާފައެއް ނެތެވެ. ފާފަވެރިވާނީ ކެރިކުޅަދާނަކަން ހުރެ ކަންކަން ނުކުރުމުންނެވެ. 

ބަލިމީހުންނާއި އެހީތެރިކަމަށް ބޭނުންވާ މީހުންނާއި ބައްދަލުކޮށް އެމީހުން ޙާލު ބަލައި ހިތްވަރު ދިނުމަކީވެސް ﷲ ތަޢާލާ އެކަމަށް ލޯބިވެވޮޑިގަންނަވާ އަދި އެކަންކަން ކުރުމުން ގިނަގުނަ ސަވާބު ލިބޭނެ ކަންކަމެވެ. ބައެއް ޙާލަތްތަކުގައި ހިތްވަރު ލިބުމަކީ އެންމެ މުހިންމު ކަންތަކެވެ. މިސާލަކަށް ކެންސަރު ބަލި ފަދަ ބޮޑު ބައްޔެއްގައި އޮންނަ މީހަކާއި ބައްދަލުކޮށް އެމީހާއަށް ހިތްވަރު ދިނުމަކީ ވެސް އެމީހާގެ ބައްޔަށް ފަރުވާ ލިބޭ ކަމަކަށްވެގެންދެއެވެ. 

މިހާރަކަށް އައިސް މީހަކު ބޮޑު ބައްޔެއްގައި ގިނަ ދުވަސްވާނަމަ، ޚާއްޞަކޮށް އެބަލިން މީހާ ގަދަ ނުވާނެ ކަމަށް ބެލެވޭނަމަ އެމީހަކަށް ޒިޔާރަތް ކުރުން އެބަ މަދުކުރެއެވެ. އަމުދުން ޒިޔާރަތް ނުކޮށްވެސް އެބަ ތިބެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެގޮތަށް އެކަން ނުކުރާށެވެ! އެފަދަ ހާލުގައި މީހަކު އޮތްނަމަ އެމީހަކަށް ޒިޔާރަތްކުރުން ގިނަކުރާށެވެ! ފަރުވާކުޑަކޮށްލައިގެން ހުއްޓައި އެމީހަކު މަރުވުމުން ބައްދަލު ނުކުރެވުނީތީ ހިތާމަކުރަން ޖެހޭ މީހެއް ކަމުގައި ނުވާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން