ޅަފަތުގައި މަރުވާ ކުދިން، އެކުދިންގެ މައިންބަފައިން ސުވަރުގެ ވައްދަވައި ދެއްވެވުމަށް އެދި އާދޭސް ދަންނަވާނެތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޅަފަތުގައި މަރުވާ ކުދިން، އެކުދިންގެ މައިންބަފައިން ސުވަރުގެ ވައްދަވައި ދެއްވެވުމަށް އެދި އާދޭސް ދަންނަވާނެތެވެ!: މުފްތީ މެންކް

ޅަފަތުގައި މަރުވެފައިވާ ކުޑަކުދިން ޤިޔާމަތް ދުވަހު ﷲ ތައާލާގެ ޙަޟްރަތުގައި ދަންނަވާނެތެވެ! "ޔާ ﷲ! ދުނިޔޭގައިވެސް އަޅަމެންނަށް މައިން ބަފައިންނާއިއެކު ތިބުމުގެ އުފާ ނުދެއްވަވަމުއެވެ. ވީމާ މިއަދު (އާޚިރަތް ދުވަހު) މައިން ބަފައިންނާއިއެކު (ސުވަރުގޭގައި) ތިބުމުގެ އުފާ އަޅަމެންނަށް ދެއްވަވާނދޭވެ!" މިފަދައިން ދަންނަވައި މައިން ބަފައިންނަކީ ސުވަރުގެ ލިބޭ ބައެއް ކަމުގައި ހެދުމަށް އެކުދިން މަސައްކަތްކުރާނެއެވެ. މައިންބަފައިންނަށް ސުވަރުގެ ދެއްވެވުން އެދި އާދޭސް ދަންނަވާނެތެވެ! 

ނަމަވެސް މިމޭރުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވޭނީ ﷲ ތަޢާލާ އިޒުނަ ދެއްވަވާ ކުދިންނަށެވެ. އެ އިޒުނަ ދެއްވެވުން ބިނާވަނީ އެކުދިންގެ އަމަލުތަކަކަށް ނޫނެވެ. މައިން ބަފައިން ދުނިޔޭގައި ތިބެ ކުރާ އަމަލުތަކުގެ މައްޗަށެވެ. ބާލިޣް ނުވާ އެއްވެސް ކުޑަކުއްޖެއްގެ ކިބައިގައި އެއްވެސް ކުށެއް ނުވެއެވެ. ކުށްވެރިވަނީ ބާލިޣްވުމަށްފަހުގައެވެ. ވީމާ ފާފަވެރިވާނީ މައިން ބަފައިންނެވެ. އެކުދިންނަށް ސުވަރުގެ ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. ސުވަރުގެ ނުލިބިގެން އުޅެން ޖެހޭނީ މައިންބަފައިންނަށެވެ. 

މީސްތަކުންނޭވެ! ދަރިން ޅަފަތުގައި މަރުވުމަކީ ސުވަރުގެ ލިބުމަށް މަގުފަހިވާނެ ސަބަބެކެވެ. ނަމަވެސް އެމީހާއަށް ހެޔޮ ގޮތުގައި ދުނިޔޭގައި އުޅެވިފައިވާނަމައެވެ. ދުނިޔޭގައި ހުރިއިރު ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކޮށްފައިވާނަމައެވެ. ﷲ ތައާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށްފައިވާނަމައެވެ. 

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު މައިން ބަފައިން ސުވަރުގެ ވައްދަވައިދެއްވެވުން އެދި ﷲ ތައާލާއަށް ދެންނެވުމުގެ ފުރުޞަތު އެކުދިންނަށް ދެއްވަވާ އެއްސަބަބަކީ ތިބާ ނުހަނު ލޯބިން ގެންގުޅެނިކޮށް ﷲ ތައާލާ ދަރިފުޅު ގެންދެވުމުން (ދަރިފުޅު މަރުވުމުން) ތިބާ އެކަމަށް ކެތްތެރިވާތީއެވެ. ﷲ ތައާލާ މިންވަރުފުޅު ކުރެއްވެވި ގޮތަށް ޝުކުރުވެރިވާތީއެވެ. 

ވީމާ ލިބިފައިވާ ދަރިފުޅު މަރުވުމަކީ ނުވަތަ ދަރިން މަރުވުމަކީ ދެމަފިރިން ވަރިވާން މެދުވެރިވާ ސަބަބަކަށް ނުހަދާށެވެ! ﷲ ތައާލާ ކުރިމަތި ކުރެއްވެވި އިމްތިޙާނެއް ކަމަށް ޤަބޫލުކޮށް ފާސްވާން މަސައްކަތްކުރާށެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން