ކާފަރުންނަށް ފައިދާ ނުފެންނަނީ އިސްލާމް ދީނުން - އިސްލާމް ދީނުގައި ހުރި ކަންކަމުގެ ފައިދާ ޤަބޫލުކުރޭ!: ޝައިޚް މަންޞޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ކާފަރުންނަށް ފައިދާ ނުފެންނަނީ އިސްލާމް ދީނުން - އިސްލާމް ދީނުގައި ހުރި ކަންކަމުގެ ފައިދާ ޤަބޫލުކުރޭ!: ޝައިޚް މަންޞޫރު

ދުވާލަކު 10 ގަޑިއިރަށްވުރެ ގިނައިރު ނުކައި 4 ހަފްތާ ހޭދަކޮށްފި ނަމަ އެއީ ޞިއްހަތަށް ވަރަށް ފައިދާ ހުރި ކަމެއްކަމަށް ޑޮކްޓަރީ ޢިލްމެވެރިންގެ ހޯދުންތަކުން މިއަދު ވަނީ އެނގިފައެވެ. އެކަމުގެ މައްޗަސް ކަރުދާސް ހުށަހަޅައި މަހާސިންތާތަކުގައި ގެންދަނީ ބަހުސްކުރަމުންނެވެ. 

އެމީހުންނަށް ފައިދާ ނުފެންނަނީ އިސްލާމް ދީނުންނެވެ. ނަމަވެސް އިސްލާމް ދީނުގައި ހުރި ކަންކަމުން ދަނީ ފައިދާތައް ފެންނަމުންނެވެ. އަޅުގަނޑުމެން އެންމެ އާދައިގެ ޢާންމު ގޮތަކަށް ބެލި ނަމަވެސް ދުވާލަކު 14 ގަޑިއިރު ރޯދައަށް ތިބެމުއެވެ. އަދި 4 ހަފްތާއަކީ މަސް ދުވަހެވެ. 

ވީމާ މިކަންކަމުން އެނގިގެން މިދަނީ އިސްލާމް ދީނުގައި ހުރި ކަންކަމަކީ އިންސާނާގެ ޞިއްޙަތަށްވެސް ނުހަނު ފައިދާ ހުރި ކަންކަން ކަމެވެ. އެކަމަށް ޑޮކްޓަރުންނާއި ސައިންސްވެރިން އެދަނީ އެއްބަސްވަމުންނެވެ. އެކަމުގައި ހުރި ފައިދާތަކުގެ ވާހަކަތައް ދައްކަމުންނެވެ. 

އިސްލާމީ މަންހަޖަށް އަމަލުކުރުމަކީ ދުނިޔަވީ ގޮތުން، އިޖުތިމާޢީ ގޮތުން، އަދި އިޤްޠިޞާދީ ގޮތުން ވެސް ފައިދާހުރި ގޮތްކަން މިދަނީ އެނގި ސާބިތުވަމުންނެވެ. 

- ޝައިޚް މުޙައްމަދު މަންޞޫރު 

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން