ފަހުގެ އަހަރުތަކަށް ބަލާއިރު މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެމްއެންސީސީއައި) ހިންގަމުން އަންނަނީ ދިވެހި ވިޔަފާރިވެރިންނަށް އެންމެ ފައިދާހުރި ގޮތަށް ނޫން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އިލްޔާސް ލަބީބް މިމޭރުމުން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ނަމުގައި މަޖިލީހަށް ހުށަހެލި ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ. "މި ބިލަކީ ، މި ވަގުތު މި ރާއްޖެއަށް މުހިއްމު ބިލެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންވީމާ، އަޅުގަނޑު މި ބިލަށް ތާއީދުކުރާ ވާހަކަ ވެސް ފުރަތަމަ ދަންނަވާލަން. ދިވެހިރާއްޖޭގައި ޗެމްބަރ އޮފް ކޮމާސެއް އޮންނަ ވާހަކަ ވަރަށް ގިނަ ފަރާތްތަކުން ދައްކާ. އަދި އެ ބޭފުޅުން ބޭނުންފުޅުވާއިރު، އެ ބޭފުޅުންގެ ބާރުގަދަކަމުގެ ވާހަކަ ، ބާރުން ކަންތައްތައް ހިންގާ ވާހަކަ އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އަޑުއިވެމުންދޭ."
އިލްޔާސް ލަބީބް ވިދާޅުވީ ގިނަ ފަހަރު މި ޗެމްބަރ އޮފް ކޮމާސް އިން މަސައްކަތްކޮށްފައިވަނ .ސިޔާސީ ހާއްޔެއް ގެ ގޮތުގައި ކަމަށެވެ. "އޭގެ ފައިދާ ދިވެހި ވިޔފާރިވެރިންނަކަށް ނުލިބޭ. އެތަނުގައި ވެރިންނަށް، ނޫނީ އެ ތަނުގައި ހިންގަން އިންތިޚާބެއް ބާއްވަން ބޭނުންފުޅުވީމާ އެތަނުގެ މަޤާމަށް އަންނަން ބޭނުންވާ ބޮޑު ވިޔަފާރިވެރިއެއް ހަތް ސަތޭކަ ފަންސާސް ރުފިޔާ ހިފައިގެން ރާއްޖޭގެ އެ އްކޮޅުން އަނެއްކޮޅަށް ރަޖިސްޓްރީކޮށްފައި ހުންނަ ކުންފުނިތަކުގެ ތެރެއިން އެ ބޭފުޅުންނަށް ވޯޓުދެއްވަން ބޭނުންފުޅުވާ ބޭފުޅުން ހަމައެކަނި ރަޖިސްޓްރީގައި ޖައްސައިގެން އެތަނުގެ ވެރިންނަށް ވެގެން ތިއްބަވާ ތަނެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އާންމުކޮށް ރާއްޖޭގައި ޕްރޮފެޝަނަލީ ވިޔަފާރިކުރަން ބޭނުންވާ، ޚާއްޞަކޮށް ކުދި އަދި މެދުފަންތީގެ އަރަމުން އަންނަ ވިޔަފާރިތަކަށް އެ ފުރުޞަތު އެތަނުން އެއްގޮތަކަ ށްވެސް މިދިޔަ ތަންތަނުގައި ދީފައެއް ނުވޭ. އެ ފަރާތްތަކުން އެތަނުގެ މެންބަރަކަށް ވާން އުޅުނަސް، އެ ފޯމެއް ވެސް ގިނަ ފަހަރު ބަލައިނުގަނޭ. މެންބަރޝިޕް ހަމަވާއިރަށް ވަގުތުން ކަނޑާފައި ބޭރުކޮށްލާނެ. އެހެންވީމާ، އެހާ ވަރަށް އެތަނުގެ ކޮންޓްރޯލް ބައަކު ނަގައިގެން ، އެ ބޭފުޅުންގެ އަމިއްލަ މުދާގަނޑެއްހެން މޮޑެން އޮންނަ އެއްޗެއްގެ ގޮތުގައި މި އޮތް ޒަމާނުގައި އަޅުގަނޑުމެންނަށް އެތަން ފެނިގެންދިއައީ."
އިލްޔާސް ލަބީބް ވިދާޅުވީ އެމްއެންސީސީއައި އަކީ މިނިވަންކަމާއިއެކު ހިންގާ ތަނަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ބިލުން އިޞްލާޙްކުރަންޖެހޭ ބައެއް ކަންކަން ވެސް އިލްޔާސް ލަބީބް ވަނީ ފާހަގަކުރައްވައިފައެވެ.
"މި ބިލުގައި ބައެއް ކަންތައްތައް އެބަހުރި، އަޅުގަނޑު ކަންބޮޑުވާ ކަންތައްތަކެއް. މި ބިލުގައި ބުނާ ގޮތުން، އިންތިގާލީ މަރުޙަލާއެއްގައި ދެ އަހަރުދުވަހުގެ މުއްދަތު އޮންނަންޖެހޭނެ. އިއްޒަތްތެރި ރައީސް، މި ރާއްޖޭގައި މި އިންޑަސްޓްރީގައި ތަޖުރިބާ ހުރި، ކިޔަވައިގެން ތިބި އުމުރުން ދޮށީ މީހުންނާއި، ޒުވާނުންނާ ވަރަށް ގިނަ ބޭފުޅުން އެބަ އުޅުއްވާ. މި ބޭފުޅުންނަކީ މި އީ ފެންތަށްޓެއްހާ ސާފުކޮށް މި ކަހަލަ ކަންކަން ހިންގަން ދަ ންނަ ފަރިތަ މީހުން. މި ބޭފުޅުން މި މަޤާމުތަކަށް ގެނެވޭނެ ގޮތް މި ގާނޫނުން ހަދާފައި މިނިވަންކަމާއެކީ މިކަން ކުރެވޭނެ ގޮތް ހަދައިލީމަ އިންތިޤާލީ މަރުޙަލާގެ ދެ އަހަރެއް ބޭނުމެއް ނުވާނެ. އިންތިޤާލީ މަރުޙަލާގެ ދެ އަހަރެއް އަނެއްކާވެސް ކަނޑައެޅިގެންދާއިރު ، މަސްއޫލުވެރިން ކަނޑައަޅާ 3 މެންބަރުން ތިބެންޖެހޭ. މި ޖަމުޢިއްޔާ ބިލަކަށް ވެގެން، ގާނޫނެއްގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމާސް އޮފް އިންޑަސްޓްރީ އުފެދިގެން އަންނައިރު ، މި މަސްއޫލުވެރިންގެ ދަށުން ދިޔައީ. މިއީ ގާނޫނީ ޝަޚްޞަކަށް ބަދަލުވެގެންދިޔައީ.
އެހެންވީމާ، މަސްއޫލުވެރިންގެ ވަކި އަމިއްލަ އެޖެންޑާއެއްގެ ގޮތުގައި ހިމެނޭ ގޮތަށް އެތަނުގެ ކަންތައްތައް ބައްޓަންކުރުމަށްޓަކައި ފުރަތަމަ މަސްއޫލުވެރިން ކަނޑައަޅަންޖެހޭ 3 މެންބަރުން، ކަނޑައަޅުއްވާ 3 މެންބަރުން ތިބެންޖެހޭނެ ކަމުގައި އަޅުގަނޑު ނުދެކެން. ކޮމިޓީ ސްޓޭޖުގައި އެ ކަންތައްތައް ޙައްލުވެގެންދާނެ ކަމުގައި އަޅުގަނޑު ދެކެނީ. މި ބިލު ބަލައިލާއިރު އަދިވެސް އަޅުގަނޑު ކަންބޮޑުވާ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި.
އޭގެތެރެ އިން އެއް ކަމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވޭނެ ގޮތްތަކެއް، އެ ބޭފުޅުން ހިމާޔަތްކުރެވޭނެ ގޮތްތަކެއް ނެތް. މި ޗެމްބަރުގެ ބޯޑަށް މީހުން ޢައްޔަންކުރާއިރު ވެސް މި އޮންނަނީ ޓުއަރިޒަމް އިންޑަސްޓްރީން، ފިޝަރީޒް 23 އިންޑަސްޓްރީން، ކޮންސްޓްރަކްޝަން އިންޑަސްޓްރީން. ރާއްޖޭގެ ޖަޔަންޓު ކުންފުނިތަކުގެ މީހުންނަށް މިއަށް އާދެވޭ ގޮތަށް ބޮޑަށް މީތި ބައްޓަންވެފައި އޮތީ. ހަމަ މީގެތެރެއިން ދާއިރާތައް ކަނޑައަޅާއިރު އަޅުގަނޑު ހުށަހަޅަން، ކުދި ވިޔަފާރިވެރިންގެ ތެރެއިން މީހުން ތިބެންޖެހޭނެ ކަމަށް. މެދުފަތީގެ ވިޔަފާރިތަކުގެ ތެރެއިން މީހުން ތިބެންޖެހޭނެ ކަމަށް. އަންހެން ބޭފުޅުންގެ ވިޔަފާރިވެރިންގެ މީހުން ތިބެންޖެހޭނެ ކަމަށް. މި ފުރުޞަތުތައް މި ބޯޑުގައި ރެޕްރެޒެންޓް ކުރެވުނީމާ މުޅި ޗެމްބަރަށް މި ހުރިހާ އެންމެންގެ ވިސްނުމާއެކީ މުޅި ޗެމްބަރު ކުރިއަރުވައި މަސައްކަތް ކުރެވިގެންދާނީ. ބައިނަލްއަގުވާމީ މައިދާނުގައި މި ޗެމްބަރު މުހިއްމު ރޯލެއް އަދާކުރަންޖެހޭ. ދިވެހިރާއްޖެއަކީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ކަންތައްތަކުގައި އިސް ރޯލެއް އަދާކުރަމުންދާ ޤައުމެއް. ޚާއްޞަކޮށް ތިމާވެށްޓާ ބެހޭ ކަންތައްތަކުގައި. ދި ވެހިރާއްޖެ ތަރައްޤީވެގެން މި އަންނަނީ، އަދި ވިޔަފާރިތައް ވެސް ކުރިއަރަމުން އަންނަންޖެހޭނީ އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް.
މި ޖަމުޢިއްޔާގެ ޒިންމާތަކުގެ ތެރޭގައި ނޫނީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެންޖެހޭނެ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ވިޔަފާރިތައް ކުރިއަރުވަން މަސައްކަތްކުރަންޖެހޭނެ ކަމަށް ވެސް. އަދި ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިވެރިންނަށް ކުދި އަދި މެދު ފަންތީގައި އަދި ބޮޑެތި ވިޔަފާރިވެރިންނަށް އެންމެ ރަނގަޅު ސިޔާސަތެއް ނޫންނަމަ، ސަރުކާރާ މަޝްވަރާކުރެވިގެން އެ ސިޔާސަތު ބަދަލުކޮށް، އެ ސިޔާސަތަކީ އެ ފަރާތްތަކަށް ވެސް، އަދި ދިވެހި ރައްޔިތުންނަށް ވެސް ދިވެހިރާއްޖެއަށް ވެސް އެންމެ ރަނގަޅު ސިޔާސަތަކަށް ބައްޓަންކުރުމަށް މަސައްކަތްކުރަން ވެސް މީގެ މަޤްޞަދުގެ ތެރޭގައި ހިމެނިގެންދާންޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ. މި ބިލު ބިލަކަށް ވެގެން އުފެދިގެން އަންނައިރު ، މީގެ މަންފާ ލިބެންޖެހޭނެ ރާއްޖޭގެ ރައްޔިތުންނަށް ވެސް، އަދި އަލަށް ވިޔަފާރިއަކަށް ވަދެ، އެ މީހަކު ނޫނީ އެ ބައަކު، ވިޔަފާރިއާއިގެން ގާނޫނީ ބާރު ލިބި، ވިޔަފާރިއަށް އެހީތެރިވެދޭނެ ބަޔަކު ތިބިކަން ދަނެ، އެ ފަރާތްތައް ކުރިއެރުން ގެންގޮސްދިނުމަށް އެއްބާރުލުންދޭނެ ބަޔަކު ތިބިކަން ދަނެވޭ ފެންވަރަށް މިކަން ވާންޖެހޭނެ. މި ޗެމްބަރު އުފެދިގެން އައިސް ، އަނެއްކާ ވެސް އަލަށް އުފެދޭ ވިޔަފާރިތަކަށް ކުރިއަރަމުން އަންނަ ވިޔަފާރިތަކަށް ކުދި ވިޔަފާރިތަކަށް އަންހެން ބޭފުޅުން ކުރައްވާ ވިޔަފާރިތަކަށް ބިރުވެރިކަމެއްގެ ގޮތުގައި އެއްގޮތަކަށް ވެސް ފުރުޞަތު އޮންނަ އެއްޗަކަށް މި ވެގެންނުވާނެ. އެހެންކަމުން ، މި އަޅުގަނޑުގެ މި ހުށަހެޅުންތައް ކޮމިޓީ މަރުޙަލާގައި އެޑްރެސް ކުރެވިގެންދާނެކަމުގެ އުއްމީދު އަޅުގަނޑު ކުރަން. އެހެންކަމުން، މި ބިލަށް އަޅުގަނޑު ތާއީދުކުރާ ވާހަކަ ދަންނަވަން"