ތަންދޮރު ވަކިކުރަން އެނގޭ ކުއްޖަކަށް އަންހެނެއްގެ ފަހަތުގައި ނަމާދެއް ނުކުރެވޭނެ!: ޑރ. އިޔާޟް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ތަންދޮރު ވަކިކުރަން އެނގޭ ކުއްޖަކަށް އަންހެނެއްގެ ފަހަތުގައި ނަމާދެއް ނުކުރެވޭނެ!: ޑރ. އިޔާޟް

"ތަންދޮރު ވަކިކުރަން ނުއެނގޭ ކުޑަކުއްޖަކަށް އަންހެނެއްގެ ފަހަތުގައި ނަމާދުކުރެވިދާނެއެވެ. ނަމަވެސް ތަންދޮރު ވަކިކުރަން އެނގޭ ކުއްޖަކަށް އަންހެނެއްގެ ފަހަތުގައި ނަމާދެއް ނުކުރެވޭނެއެވެ. ނަމަވެސް ކުޑަކުއްޖާގެ ފަހަތުގައި އަންހެނަކަށް ނަމާދުކުރެވިދާނެއެވެ." 

ޑރ. މުޙައްމަދު އިޔާޟް އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ބާލިޣް ނުވާ ކުޑަ ފިރިހެން ކުއްޖަކަށް މަންމަގެ ނޫނީ އަންހެނެއްގެ ފަހަތުގައި މައުމޫމްވެހުރެ ނަމާދު ކުރެވިދާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ. 

ޑރ. އިޔާޟްގެ މިޖަވާބުން އެނގެނީ ބާލިޣް ނުވި ނަމަވެސް ތަންދޮރު ވަކިކުރަން އެނގޭ ކުޑަފިރިހެން ކުއްޖަކަށް އަންހެނެއްގެ ފަހަތުގައި މައުމޫމްވެގެން ނަމާދު ނުކުރެވޭނެ ކަމެވެ. ހަމައެއާއިއެކު އެ ކުއްޖާގެ ފަހަތުގައި މަންމައަށް ނުވަތަ އެހެން އަންހެނަކަށްވެސް ނަމާދުކުރެވިދާނެ ކަމެވެ.

މިއަދު އޮންލައިން