ފެހެންދޫ އާއި ފުޅަދުގައި ޗައިނާއިން ޓާފް ދަނޑު އަޅައިދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ފެހެންދޫ އާއި ފުޅަދުގައި ޗައިނާއިން ޓާފް ދަނޑު އަޅައިދީފި

ބ. ފުޅަދޫ އަދި ފެހެންދޫގައި ޗައިނާ ސަރުކާރުގެ އެހީގައި ޓާފް ދަނޑު އަޅައިދީފިއެވެ.

ޗައިނާ ސަފީރު ޒޭންގް ލިޒްހޮންގް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ދަޑުތައް ނިމުނުކަން ހާމަކުރައްވާފައެވެ.

33 ރަށެއްގައި 35 އާޓިފިޝަލް ޓާފް ދަނޑުތަކެއް އެޅުމަށް ނިންމާފައިވާއިރު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވަނީ ޓުވިޓާގައި ޗައިނާގެ ސަފީރު ޓޭގްކުރައްވައި ޗައިނާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

ޔޫތު މިނިސްޓްރީން ހުއްދަ ލިބުނުހާ އަވަހަކަށް އެ ދަނޑުތައް ބޭނުންކުރަން ފަށާނެކަމަށް ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވަނީ ވިދާޅުވެފައެވެ.

 

 

މިއަދު އޮންލައިން