އަހަރެންގެ ކަންބޮޑުވުމަކީ ޞައްޙަ ނޫން މައުލޫމާތު ހާމަކުރަމުން ގެންދިއުން: ޗައިނާ ސަފީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އަހަރެންގެ ކަންބޮޑުވުމަކީ ޞައްޙަ ނޫން މައުލޫމާތު ހާމަކުރަމުން ގެންދިއުން: ޗައިނާ ސަފީރު

ކަންބޮޑުވެވަޑައިގަންނަވަނީ ޞައްޙަ ނޫން މައުލޫމާތު ހާމަކުރަމުން ގެންދާތީ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާން ލިޒޯންގ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ އެމަނިކުފާނަށް ޓެގް ކުރައްވައި ރައީސް މުޙައްމަދު ނަޝީދު ކުރެއްވެވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ. 

ރައީސް މުޙައްމަދު ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ "ބިރުގަންނަން ޖެހޭ ވަރަށް ސަރުކާރުން ވަނީ ޗައިނާގެ ބޭންކްތަކަށް ސޮވްރިން ގަރަންޓީ ދޫކޮށްފައި." ކަމަށެވެ. ނަމަވެސް އަދަދު ހާމަކުރައްވާފައެއް ނުވެއެވެ. 

ސަފީރު ވިދާޅުވީ ތަކުރާރުކޮށް ޞައްޙަ ނޫން މައުލޫމާތު ހާމަކުރުމުން ރައްޔިތުންނަށް އޮޅުންއަރަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް ގެއްލުންވަމުން އަންނަ ކަމަށެވެ. ޞައްޙަ މައުލޫމާތު ހާމަކުރުމުގެ މުހިންމުކަމާއި އެއްވެސް ކަމަކަށް ޝައްކު އުފެދޭނަމަ ފޯނުކޯލަކުންވެސް ޞައްޙަ މައުލޫމާތު ހޯދޭނެކަންވެސް ސަފީރު ވަނީ ފާހަގަކުރައްވައިފައެވެ.

 

މިއަދު އޮންލައިން