ރާއްޖެއަށް ލޯނު ދޫކޮށްފައިވާނީ ރާއްޖެ ދަރަނިވެރިވެ ކަންބޮޑުވާން ނުޖެހޭނެވަރަށް ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާން ލިޒޯންގ ވިދާޅުވެއްޖެއެވެ.
ސަފީރު ވިދާޅުވީ ޗައިނާއިން މަޝްރޫޢުތައް ހިންގައި ދެނީ އަދި ލޯނު ދެނީވެސް އެކަމަކުން (ދަރަނި އަދާކުރަން) ކުރިމަތިވެދާނެ ދަތިތައް ބެލުމަށް ހަދަން ޖެހޭ ފީސިބިލިޓީ ހެދުމަށްފަހުގައި ކަމަށެވެ.
ސަފީރު ވިދާޅުވީ އަދާ ނުކުރެވޭވަރުގެ އަދަދަކަށް ދަރަނި ދޫކުރުމަކީ ޗައިނާގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. "ޗައިނާއިން ލޯނު ނަގަން އެއްވެސް ބައިވެރިއަކަށް މަޖުބޫރުކޮށްފައެއް ނުވާނެ. އެއްވެސް ބައިވެރިއަކު ދަރަނިވެރިވާތަން ދެކެން ޗައިނާއިން ބޭނުމެއް ނުވޭ. މަޝްރޫޢުތައް ހިންގައިދެނީ އަދި ލޯނުތައް ދޫކުރަނީވެސް ރިސްކް މެނޭޖްކުރުމަށް ހަދަން ޖެހޭ ފީސިބިލިތީތައް ހެދުމަށްފަހު."
ސަފީރު މިމޭރުމުން ވިދާޅުވެފައިވާއިރު ސިނަމާލެ ބްރިޖްގެ ޖުމުލަ އަގަކީ 200 މިލިއަން ޑޮލަރެވެ. އެއިގެ ތެރެއިން 100 މިލިއަން ޑޮލަރު ޗައިނާއިން ވަނީ ހިލޭ އެހީގެ ގޮތުގައި ދީފައެވެ. ސަރުކާރުން ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ދައްކަން ޖެހޭނީ 25 އަހަރުންނެވެ. އެއީ 5 އަހަރަށްފަހު 20 އަހަރުން ދައްކައި ނިންމާ ގޮތަށެވެ. ވީމާ ބްރިޖުގެ އަގުން ސަރުކާރުން ދައްކަންޖެހޭ ބައި ދައްކަން 25 އަަހަރުގެ މުއްދަތެއް ލިބޭނެއެވެ.
Debt Sustainability is equally important to China . No partner is forced to borrow from China. Nor does China wish to see its partner in debt Problem. Projects or financing cooperation are all based on full consultation ,due risk assessment, investment feasibility study. pic.twitter.com/QZLRkl3omy
— Zhang Lizhong (@AmbassadorZhang) July 7, 2019